ޚަބަރު

ކޯވިޑް- 19 : ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު 2 މަރު


ކޯވިޑް ޖެހިގެން މިއަދު އިތުރު 2 މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ރޭ ދަންވަރު 12:47 ހާއިރު އުމުރުން 93 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެއްވެސް މިއަދު ހެނދުނު 8 ޖެހިއިރު ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއަދު ނިޔާވި 2 މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 184 އަށް އަރާފައެވެ. އޭގެ ތެރޭގައި 167 ދިވެހިންނާއި 17 ބިދޭސީންނެވެ. ކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 183 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން އަންނަ މީހުން އިތުރުވެ ފަރުވާދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނާތީ މިހާރުވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެއާއި ބައެއް ރަށްރަށުގައި ކާފިއު ޢިއުލާންކޮށްފައިވާއިރު ކާފިއު ނޫންގަޑިތަކުގައި މާލޭގައި ބޭރުގައި އުޅޭއުޅުން މަދުކުރުމަށްވެސް ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން ކާފިއު ނޫންގަޑީގައި ކޮންމެ ގޭބިސީއަކުން ބޭރުގައި އުޅުމުގެ ހުއްދަ ދޫކުރަނީ ޒަރޫރީ ބޭނުންތަކުގައި ދެމީހަކަށެވެ.

މީގެއިތުރުން އެޗްޕީއޭއިން މިހާރުވަނީ ކޮންމެހެން ދާންޖެހޭ ޒަރޫރީ ބޭނުންތަކުގައި ރަށްރަށަށް ދެވޭނެ އުސޫލު ޢާއްމުކޮށްފައެވެ. މީގެތެރޭގައި ސިއްޙީ ފަރުވާއަށް މާލެއައިސް އެނބުރި ރަށަށް ދިޔުމާއި މާލޭގައި އަދާކުރަމުންދިޔަ ވަޒީފާ ގެއްލި މާލޭގައި ތިބެވޭނެ ގޮތެއް ނެތް މީހުންނާއި ކޯވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި މާލޭގައި ދިރިއުޅެވޭނެ ގޮތް ނެތުމުގެ ސަބަބުން ދިރިއުޅުން ރަށަށް ބަދަލުކުރަންޖެހޭ މީހުންނާއި ތަޢުލީމު ޙާސިލުކުރުމަށް މާލެ އައިސްފައިވާ ފަރާތްތަކުގެ ތަޢުލީމު ފުރިހަމަކޮށް ނިމިފައިވުމުގެ އިތުރުން މައިންބަފައިން ބަލިވުމާއި އަނބިމީހާ ބަލިވުން ފަދަ ޙާލަތެއް މެދުވެރިވެގެން ނޫނީ ރަށްރަށަށް ދަތުރުނުކުރެވޭނެއެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް އާޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރުވަނީ މަދުވާންފަށާފައެވެ. އެހެންނަމަވެސް އަދިވެސް އެވްރެޖްކޮށް ޕޮޒިޓިވްވާ ޢަދަދުވަނީ 500އިން މަތީގައެވެ.