މުނިފޫހިފިލުވުން

ފަވާދު ޚާން މާވެލް ސިނަމެޓިކް ޔުނިވާރސްގެ "މިސް މާވެލް" އިން؟


ޕާކިސްތާނަށް އުފަން ފަވާދު ޚާން މާވެލްގެ ސީރީއަކުން ފެންނަ ތައްޔާރުވެއްޖެއެވެ. ހިންދީ ފިލްމަތައްކަމަށްވާ "ޚޫބުސޫރަތް"، "ކަޕޫރު އެންޑް ސަންސް" އަދި "އޭ ދިލްހޭ މުޝްކިލް" އިންވެސް ފެނިގެންދިޔަ ތަރި ފަވާދު ޚާން ފެނިގެންދާނީ މާވެލްގެ އަންނަން އޮތް ޑިޒްނީ ޕްލަސް ސީރީޒް "މިސް މާވެލް" އިންނެވެ.

މި ސީރީޒްގައި ފަވާދު ކުޅޭނީ ހަސަން ކިޔާމީހެއްގެ ރޯލުއެވެ. މި ހަބަރު ހިއްސާކުރަމުން ބީބީސީގެ މުނިފޫހިފިލުވާދޭ ޚަބަރުތައްގެނެސްދޭ ރިޕޯޓަރު ހާރޫން ރަޝީދު ބުނެފައިވަނީ މާވެލްގެ މި ސީރީޒްގައި ފަވާދު ފެނިގެންދާނީ މުސްލިލެއްގެ ރޯލުންކަމަށެވެ. ފަވާދުގެ އިތުރުން ބޮލީވުޑްގެ ތަރި ފަރުޙާން ޢަޚްތަރު، އަދި ޕާކިސްތާންގެ ތަރިންކަމުގައިވާ ނިމްރާ ބުޗާ އަދި ސަމީނާ އަޙުމަދު ވެސް މި ސީރިޒް އިން ފެނިގެންދާނެކަމަށްވެސް ބީބީސީގެ ރިޕޯޓަރ ހާރޫން ބުނެއެެ. އެހެންނަމަވެސް މިކަމާއި މާވެލްގެ ޓީމުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.

މި ވާހަކައާއި އެކު ފަވާދުގެ ފޭނުން ވަނީ އުފަލުން ފޮޅިފައެވެ. އަދި އެމީހުން އަންނަނީ އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެޓްލާންޓާ، ޖޯޖިއާ، ނިއުޖާރޒީ، ނިއުޔޯކް އަދި ތައިލޭންޑުގައި މަންޒަރުތައް ނަގާފައިވާ މި ސީރީޒްއަކީ އެޕިސޯޑްގެ މިނީ ސީރީޒައެކެވެ. ސިރީޒްގެ މަސައްކަތް މެއި މަހުގެ މެދުތެރޭގައި ވަނީ ނިންމާލާފައެވެ.

'މިސް މާވެލް' ގެ އުފެއްދުންތެރިޔާ ބިޝާ ކޭ ޢަލީ މި ސީރީޒްގެ ވާހަކަ ލިޔެފައިވާއިރު އާދިލް އެލް އަރްބީ، ބިލާލް ފަލާޙް، ޝަރްމީން އުބައިދު އަދި މީރާ މެނެން އަކީ ސީރީޒްގެ ޑައިރެކްޓަރުންނެވެ.