ކުޅިވަރު

ރެޑްބުލް ވިނިންގ 5 ނައިފަރުގެ ޗެމްޕިއަންކަން މިޑިލް ސިޓީއަށް


ރެޑްބުލް ވިނިންގ 5 ކޮލިފައިންގ ރައުންޑްގެ  ނައިފަރު  ޗެމްޕިއަންކަން މިޑިލް ސިޓީ ހޯދައިފިއެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށްގެންދިޔަ
ނައިފަރު ކޮލިފައިންގ ބުރުގެ ޗެމްޕިއަންކަން މިޑިލް ސިޓީ ހޯދީ ފައިނަލްގައި ޕޮލިސް
ޓީމް ބީއާއި ވާދަކޮށް 3-0 ން މެޗް ކާމިޔާބުކޮށްގެންނެވެ. ޅ.އަތޮޅު ނައިފަރުގައި
ކުރިއަށްގެންދިޔަ ކޮލިފައިންގ ބުރުގައި ޖުމްލަ 16 ޓީމް ވާދަކޮށްފައިވެއެވެ. މާލޭގައި
އޮންނަ ރެޑްބުލް ވިނިންގ 5 ފައިނަލް ބުރަށް ނައިފަރުން މިދެޓީމް މިހާރުވަނީ
ކޮލިފައިވެފައެވެ.  



މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް ބުރުގެ މެޗުތައް
ކުޅޭނީ ޑިސެމްބަރު މަހު 11 އަދި 12ގައެވެ. ނައިފަރުގެ އިތުރުން ކުޅުދުއްފުށީ، އައްޑޫ
ސިޓީ، ފުވައްމުލައް، ގއ.ވިނލިގިލި، ބ.އޭދަފުށި އަދި
ގދ.ތިނަދޫގެ ކޮލިފައިން ރައުންޑް މިހާރު ވަނީ ނިމިފައެވެ. ބ.އަތޮޅު އޭދަފުއްޓާއި މާލޭގެ ކޮލިފައިންގ މެޗްތައް އަދި ކުރިއަށް ހުރީއެވެ. 

ކޮލިފައިންގ ބުރުގެ މެޗްތަކަށްފަހު
މާލޭގައި ކުޅޭ ފައިނަލް ބުރުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު ޖުލައި
މަހުގެ ތެރޭގައި ބްރެޒިލްގެ ތަރި ނޭމާގެ އެކަޑަމީގައި ބޭއްވުމަށް ހަމަޖެހިފައިވާ
ފުޓްސެލް މުބާރާތަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިދަތުރުގައި ނޭމާގެ
އުފަންރަށް ކަމަށްވާ ސަންތޯސް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.