ކުޅިވަރު

ވޮލީ ލީގުގެ ފުރަތަމަ ދެ މެޗު މޯލްޑިވިއަންއާއި ސިފައިންނަށް


ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ދެ މެޗު މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި، ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކޮށްފިއެވެ.އިއްޔެ ފެށި ލީގުގެ ފުރަތަމަ މެޗު މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ކާމިޔާބުކުރީ ސްޕޯރޓްސް ކްލަބް ސިޓީއާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް މޯލްޑިވިއަން ގެންދިޔައީ 25-11، 25-23 އަދި 25-18 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިނިއަން ރެކްރިއޭޝަން ކްލަބްގެ އޮމިދު ނާޒިމްއެވެ. ސިފައިންގެ ކްލަބް މެޗު ކާމިޔާބުކުރީ ގްޑީސް ސްޕޯރޓްސް ކްލަބާއި ވާދަކޮށް ސީދާ 3 ސެޓުންނެވެ. ދިވެހި ސިފައިންގެ ކްލަބް މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 25-22 އަދި 25-20 ނެވެ. ރޭ ކުޅުނު މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކްލަބްގެ އަހުމަދު އަބުދުލްކަރީމެވެ. ލީގުގައި މިއަދު ހަވީރު ވާދަކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ސްޕޯރޓްސް ކްލަބް ސިޓީއާއި ދިވެހި ސިފައިންގެ ކްލަބެވެ.