ވިޔަފާރި

"ފިޝް-އެގްރި އެކްސްޕޯ 2015" ހުޅުވައިފި


ފިޝް-އެގްރި
އެކްސްޕޯ 2015″ގެ ނަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ
އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުގެ ޚާއްޞަ އެކްސްޕޯއެއް ރޭ ދަރުބާރުގޭގައި
ހުޅުވައިފިއެވެ.



މިއެކްސްޕޯ
ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމާއި އެޑިއުކޭޝަން މިނިސްޓަރ ޑރ
ޢާއިޝަތު ޝިހާމްއެވެ.

ފިޝް-އެގްރި އެކްސްޕޯ 2015 ދަރުބާރުގޭގައި
މިއަދާއި މާދަމާ ކުރިއަށްގެންދާ އިރު މި އެކްސްޕޯގައި ތިރީސް ފަރާތަކުން
ބައިވެރިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މިއީ
މިއަހަރުގެ ދަނޑުވެރިންނާއި މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ
އެކްސްޕޯއެކެވެ. މި އެކްސްޕޯގެތެރެއިން ދަނޑުވެރިކަމުގެ ސިނާއަތުގައި ތަކެތި
އުފައްދާ ފަރާތްތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން
ދަނީ އެފަރާތްތަކުގެ އުފެއްދުންތަކާއި ބެހޭ މައުލޫމާތުދީ ތަކެތި ދައްކާލަމުންނެވެ.
މި އެކްސްޕޯގެ ސަބަބުން މި ދެ ސިނާއަތުގައިވެސް މަސައްކަތްކުރާ ފަރާތްތަކުގެ
އުފެއްދުންތައް ޕްރޮމޯޓްކުރަން ފުރުސަތު ހުޅުވިގެންގޮސްފައިވާކަމުގައި އެކްސްޕޯގެ
ބައިވެރިން ބުންޏެވެ.



ފިޝް އެގްރި އެކްސްޕޯގެ ތެރޭގައި ފިޝަރީޒް
މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން ކުރިއަރުވަމުންދާ ކޯޕަރޭޓިވް
ސޮސައިޓީތަކުގެ އުފެއްދުންތައްވެސް ދަނީ ވިއްކަމުންނެވެ. މީގެ އިތުރުން މިފްކޯގެ
ހާއްސަ ސްޓޯލެއް ބެހެއްޓިފައި ހުރި އިރު މި މިފްކޯއިންވަނީ ވަޒީފާގެ ހާއްސަ
ފުރުސަތުތަކެއް ހުޅުވާލާފައެވެ.