ކުޅިވަރު

އެރިކް ގާސިއާ ބާސެލޯނާއަށް ބަދަލުވެއްޖެ


ސްޕެއިންގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާ ބާސެލޯނާއަށް ބަދަލްވެއްޖެއެވެ. މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ގާސިއާއެކު ބާސެލޯނާއިން އެއްބަސްވުމަކަށް އައިސްފައިވާކަމަށް މިހާރުވަނީ އިއުލާންކޮށްފައެވެ.

ގާސިޔާ ބާސެލޯނާއަށް ބަދަލުވި ނަމަވެސް ބާސެލޯނާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މެންޗެސްޓަރ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މިމަހުގެ ނިޔަލަށް ހަމަވުމުންނެވެ. 5 އަހަރު ދުވަހުގެ މުއްދަތަށް ބާސެލޯނާއަށް ގާސިޔާއަށް ބަދަލުވިއިރު، 2026ގެ ނިޔަލަށް ގާސިޔާ ބާސެލޯނާގައި މަޑުކުރާނެއެވެ. އެހެން ކުލަބަކުން ގާސިޔާ ގެންދަން ބޭނުންވާކަމަށްވާނަމަ، 400 މިލިއަން ޔޫރޯ ޓްރާންސްފަރ ފީއެއް ދައްކަން ޖެހޭނެއެވެ.

ގާސިޔާ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައިވަނީ 2017ވަނަ އަހަރުއެވެ. އަދި އޭނާވަނީ ސިޓީއަށް 35 މެޗް ކުޅެދީފައެވެ. ގާސިޔާ ބާސެލޯނާއަށް ބަދަލުވިއިރުގައި، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީގެ ތަޖްރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ވެސް ވަނީ ބާސެލޯނާއަށް ބަދަލުވެފައެވެ. ސްޕެއިންގެ ގައުމީ ޓީމުން ޖާގަ ހޯދާފައިވާ އެރިކް ގާސިއާ ވަނީ ސްޕެއިންއަށް 7 މެޗް ކުޅެދީފައެވެ.