ކުޅިވަރު

ގަދަ ހަޔެއްގެ ފުރުސަތު ވިކްޓްރީއަކަށް ނުގެއްލޭ - ނާދު




އީގަލްސް އަތުން ބަލިވިޔަސް ގަދަ ހަޔެއްގެ ފުރުސަތު
ވިކްޓްރީއަށް ނުގެއްލޭ ކަމަށް ވިކްޓްރީގެ ކޯޗް އަހުމަދު ނާޝިދު ބުނެފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު
ދެލަނޑު ސުންލަނޑުން އީގަލްސް އަތުން ބަލިވި މެޗަށްފަހު ނާޝިދު ބުނީ މެޗުން ބަލިވީ
ލަނޑު ޖަހާނެ ކުޅުންތެރިއަކު މިއަދު ޓީމްގައި ނެތުމުން ކަމަށެވެ. އަދި ވަރުބަލިކަން
ޓީމުން ފެނުނު ކަމަށްވެސް ނާޝިދު ބުންޏެވެ. މިމެޗަށް ނިކުތްއިރު ވިކްޓްރީގެ ބިދޭސީ ފޯވާޑް އޮމަޑޫ ހުރީ ދެކާޑް ހަމަވެގެން ސަސްޕެންޑްވެފައެވެ.

" ލީގުގައި ވިކްޓްރީއަށް އަދިވެސް ފުރުސަތު
އެބައޮތް، ގަދަ ހަޔެއްގެ ފުރުސަތު ވިކްޓްރީއަށް ނުގެއްލޭ. ލަނޑު ޖަހާނެ ކުޅުންތެރިއެއއް ނެތިގެން ބަލިމިވީ " ނާދު ބުންޏެެވެ.

މިއަދު މެޗްގެ ފުރަތަމަ ހާފް ނިމުނީ ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފްގެ ކުރީކޮޅު
އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދެވެ. އީގަލްސްއަށް ލީޑު
ފުޅާކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އަންސަރެވެ.

މެޗަށްފަހު އީގަލްސްގެ
އެސިސްޓެންޓް ކޯޗް އަހުމަދު ޝާކިރު ބުނީ ވިކްޓްރީ އަތުން މޮޅެއް ލިބުމަކީ ލީގުގައި
އިތުރަށް ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށެވެ. "

ކުރިއަށްހުރި މެޗްތަކުގައި
އިސްކަން ދޭނީ ޒުވާން ކުޅުންތެރިން ލައްވާ ކުޅުވުމަށް. އީގަލްސްއަށް މަދު މިވީ މޮޅެއް. ގިނަ މެޗް ތަކަކުން އެއްވަރުވެފަ މޮޅެއް ލިބުމުން ހިތްހަމަ ޖެހިއްޖެ" ޝާކިރު ބުންޏެވެ.

އުރީދު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވާދަކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.