ވިޔަފާރި

ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގައި އޮޕަރޭޓްކުރަމުންދަނީ 150 ރިސޯޓު


މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދަނީ 150 ރިސޯޓުކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 150 ރިސޯޓް ހުޅުވާފައިވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި އޮޕަރޭޓްކުރަމުން އައިސްފައިވަނީ 155 ރިސޯޓެވެ.

އަދި މިދިޔަ އަހަރުގެފަހު ކުއާޓަރުގައި ރާއްޖޭގައި އޮޕަރޭޓްކޮށްފައި ވަނީ 140 ރިސޯޓެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އިތުރަށް 10 ރިސޯޓް ވަނީ އޮޕަރޭޝަނަށް ގެނެސްފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ފާހަގަވެއެވެ.

އިތުރު ރިސޯޓްތައް ހުޅުވިގެން ދިޔުމާއެކު ފަތުރުވެރިކަމުގެ އެނދުގެ އަދަދުވަނީ މިދިޔަ އަހަރުގެފަހު ކުއާޓަރަށްވުރެ 21 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފަތުރުވެރިކަމުގެ އިތުރު 7765 އެނދުވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ފަތުރުވެރިކަމުގެ އެނދުގެ ތެރެއިން 76 އިންސައްތައަކީ ރިސޯޓްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުތަައްކަމަށް އެމްއެމްއޭ ރިޕޯޓުގައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓްހުރީ 67 އިންސައްތައިގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 68އި ންސައްތައިގައި ކަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.