ކުޅިވަރު

ލާޒިޔޯގެ ކޯޗުކަމުން އިންޒާގީ ވަކިވެއްޖެ


ކުލަބުގައި މަޑުކުރަމަށް ވިސްނުމަށްފަހު ލާޒިޔޯގެ ކޯޗުގެ މަގާމުން ސިމިއޯން އިންޒާގީ އިސްތިއުފާ ދީފިއެވެ. 13 އަހަރަށްފަހު އަލުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތަށް މި ސީޒަނުގައި އެޓީމު ކޮލިފައިން ކޮށްދިން ކޯޗު އިސްތިއުފާ ދީފަވަނީ 2024 އަހަރުގެ ނިޔަލަށް ކުލަބުގައި މަޑުކުރުމަށް ނިންމުމަށްފަހުގައެވެ.

ލާޒިޔޯއެކު ހަދާފައިވާ ކޮންޓެރެކްޓް މުއްދަތު ހަމަވާނީ އަންނަމަހުއެވެ. ލާޒިޔޯ އިން ނެރެފައިވާ ބާޔާނެއްގައި ބުނެފައިވާ ގޮތުން އޭނާ ކުލަބުގައި މަޑުކުރަން ވިސްނުމަށްފަހު ނިންމުން ބަދަލުކުރި ސަބަބެއް ނޭނގޭ ކަމަށާއި އޭނާގެ ނިންމުމަށް ކުލަބުން އިހްތިރާމް ކުރާކަމަށެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އިންޒާގީ ލާޒިޔޯ ދޫކޮށްލީ އިޓަލީގެ ޗެމްޕިއަން އިންޓަމިލާންގެ ކޯޗުކަމާ ހަވާލުމަށެވެ. އޭނާގެ ކެރިއަރުގެ ގިނަ ދުވަސްތައް ލާޒިޔޯގެ ހޭދަކުރި ސިމިއޯނީ ވަނީ 1999 އަހަރުން ފެށިގެން 2010 ވަނަ އަހަރު ރިޓައާކުރުމާ ހަމަޔަށް ލާޒިޔޯއަށް ކުޅެފައެވެ. އޭނާ ކޯޗިން ތެރެއަށް ވަނީ 2010 ވަނަ އަހަރު އެޓްލާންޓާގެ ޔޫތު އެކެޑަމީގެ ޓީމުންނެވެ.

2015 އަހަރު ސީޒަންގެ ފަހުކޮޅު ސްޓިފަން ޕިއޯލީ މާގުމުން އިސްތިއުފާ ދިނުމުން އޭނާ ލާޒިޔޯއާ ހަވާލުވުމަށްފަހު ޓީމަށް ވަނީ ބޮޑެތި ކުރިއެރުން ތަކެއް ހޯދައިދީފައެވެ. އިޓަލީގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިންޒާގީ އިންޓަމިލާންއާ ގުޅެނީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން އަހަރަކު 4 މިލައަން ޕައުންޑްގެ މުސާރައަކަށެވެ. އަދި އިތުރު އެއްމިލަން ބޯނަސް ގޮތުގަ ދިނުމަށް އިންޓަމިލާނުން ވަނީ އެއްބަސްވެފައެވެ. ލާޒިޔޯއިން މި ސީޒަން ނިންމާލީ ސެރިއާ ތާވަލުގެ ހަވަނައިގަ އޮވެގެންނެވެ.