ޚަބަރު

ހުޅުމާލެ-މާލެ ދަތުރުތަކަށް އާ ފެރީތަކެއް ގެންނަނީ


މިއަހަރު ނިމުމުގެ ކުރިން މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރުމަށްޓަކައި އާ ޑިޒައިންގެ ދެ ފެރީއެއް ނެރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބުދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް އިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައެވެ.އަބުދުއްރައްޒާގު ހަލީމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހިދުމަތައް ނެރުމަށް މަސައްކަތް ކުރާ ދެ ފެރީއަކީ އެ އާރ ކޯން ކޮށްފައިވާ ދެފެރީކަމަށެވެ.އަދި މީގެ އިތުރުން މި ޑިޒައިންގެ އިތުރު ތިން ފެރީ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި 3 ފެރީ އަކީ މާލެ ވިލިގިއްޔަށާއި އަތޮޅުތަކަށް ބޭނުން ކުރުމަށް ޓަކައި ތައްޔާރު ކުރެވޭ ފެރީއެއްކަމަށް ވެސް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.މި ފެރީގެ ތަކުގެ ހިދުމަތް އަންނަ ރޯދަމަސް ފެށުމުގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.ހުޅުމާލެގެ ދެމުން ގެންދާ ބަހުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހުޅުމާލެއާއި އެއާރ ޕޯޓާއި ދެމެދު ހިދުމަތް ދިނުމަށްޓަކައި މިއަހަރު ތެރޭގައި އެމްޓީސީސީން ވަނީ އިތުރު ދެ ބަސް ގެނެސްފައިކަމަށާއި މި ދެބަހަކީ ލަގޭޖް އެރުވޭ ގޮތައް ހަދާފައިވާ ދެ ބަސްކަމަށް ވެސް އަބުދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.އަދި އިތުރުން މިމަހުގެ ފަހުކޮޅު މިގެ އިތުރު ދެ ބަސް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.އަދި ލ އަތޮޅުގެ މަގު ހަދާ ނިމޭއިރަށް އެއްގަމު ދަތުރު ފަތުރުކުރުމަށްޓަކައި  ބަހުގެ ހިދުމަތް ދިނުމަޓަކައި މަސައްކަތް ކުރަމުންދާކަމަށްވެސް އަބުދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.މިއައަހަރުވެސް މާލެ އާއި ހުޅުމާލެއާއި ދެމެދު ދަތުރުކުުރުމަށްޓަކައި އެމްޓީސީސީން ވަނީ ޑަބަލް ޑެކް ފެރީީއެއް ވެސް ތަޢާރަފްކޮށްފައެވެ.