ޚަބަރު

އަދީބުގެ ހައްޤުތައް ކަށަވަރުކުރުމަށް އެމްޑީޕީން ގޮވާލައިފި


ކުރީގެ
ނައިބު ރައީސް އަޙުމަދު އަދީބަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުރިހާ
ޙައްޤުތަކެއް ދީގެން، ތަޙުޤީޤް ކުރިއަށްގެންދިއުމަށް ފުރުޞަތު ނުދެއްވާ ކަމަށް
ތުހުމަތުކޮށް، އެ ފުރުޞަތު ދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ،
އެމް.ޑީ.ޕީން ގޮވާލައިފިއެވެ. 

މިއަދު އެމް.ޑީ.ޕީން ނެރެފައިވާ ބަޔާނެއްގައި، އަޙުމަދު އަދީބަށް ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމަށް ހުރަސް އަޅުއްވާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. 

އަދި އަޙުމަދު އަދީބުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރެއްވި ގޮތަށްވެސް
އެމް.ޑީ.ޕީގެ ބަޔާނުގައި ވަނީ ފާޑުކިޔާފައެވެ. އަޙުމަދު އަދީބާމެދު އަމަލުކުރައްވަމުން
ގެންދަވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 



އަޙުމަދު އަދީބު
ހައްޔަރުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ލޯންޗްކޮޅުގައި
ބޮމެއް ގޮއްވާލި މައްސަލައިގެ ތަޙުޤީޤަށް، ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުގައެވެ.
މިހާތަނަށް ކްރިމިނަލް ކޯޓުން ވަނީ އަޙުމަދު އަދީބުގެ ބަންދަށް ދެފަހަރު މުއްދަތު
އިތުރުކޮށްދެއްވާފައެވެ.