ޚަބަރު

ނައިބު ރައީސް ފައިޞަލް ނަސީމް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ރައިސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައިސް ކޯވިޑް-19އަށް ޕޮޒިޓިވްވި، ނަމަވެސް އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ. ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެންނަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔުމާ ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ފުޅާކޮށްފައިވާއިރު ނައިބު ރައީސް ގެންދަވަނީ ސީދާ އެމަނިކުފަނުގެ ބެއްލެވުމުގެ ދަށުން ހެލްތު އެމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ މަސައްކަތްތައްވެސް ކުރައްވަމުންނެވެ.

މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު ސައުވީސް ހާހުން މައްޗަށް ގޮސްފައިވާއިރު ނިޔާވި މީހުންގެ ޢަދަދުވަނީ 140 އަށްވުރެ މައްޗަށް ގޮސްފައެވެ.