މުނިފޫހިފިލުވުން

އެޑެލްގެ އެންމެ ފަހުގެ އަލްބަމް ލީކުކޮށްލައިފި


'އެޑެލް'ގެ
އެންމެ ފަހުގެ އަލްބަމް ލީކުކޮށްލައިފިއެވެ.



އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލްގެ އެންމެ ފަހު
އަލްބަލް '25' އަށް އެތަށް ބަޔަކު އިންތިޒާރުކުރަމުންދަނިކޮށް، އެ އަލްބަލްގެ
ބައެއް ލަވަތަށް އޮންލައިންކޮށް ލީކުކޮށްލައިފިއެެވެ.



4 އަހަރަށް ފަހު ޒުވާން ލަވަކިއުންތެރިޔާ
އެޑެލް ނެރޭ މި އަލްބަމް އޮފިޝަލްކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ހުކުރު
ދުވަހުއެވެ.



އެޑެލް އެންމެ ފަހުން ނެރުނު އަލްބަމް '21' ގެ 30
މިލިއަން ކޮޕީ ވިކުނު އިރު، އޭނާގެ މި އަލްބަމް އަކީ 2015 ވަނަ އަހަރުގެ އެންމެ
ކާމިޔާބު އަލްބަމަށްވާނެ ކަމަށް މިއުޒިކް ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ވަނީ
ލަފާކޮށްފައެވެ.

'25' ގައި ހިމެނޭ 2 ލަވައެއް އެޑެލް ރިލީޒްކުރި އިރު، 'ހެލޯ'
އަދި 'ވެން ވީ ވަރ ޔަންގް' އަށް ވަނީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބިފައެވެ.
އެޑެލްގެ ލަވަތައް އަޑުއަހާ މީހުން ބުނަނީ އޭނާގެ ލަވަތަކުގެ ލިރިކްސްއަކީ
އެމީހުންގެ އިހްސާސްތައް އެނގި ހުރެ ލިޔެފައި ހުންނަ ލިރިކްސް ހެން ހީވާ ކަމަށެވެ.




'ސަމް ވަން ލައިކް ޔޫ' އަދި 'ރޯލިންގް އިން ދަ ޑީޕް'
ފަދަ ލަވަތައް އެހުންތެރިންނަށް ގެނެސްދީފައިވާ މި ކުޅަދާނަ ފަންނާނުގެ އެންމެ ފަހުގެ
އަލްބަމް ނެރޭ ފުރަތަމަ ހަފްތާގައި އެކަނި ވެސް 30 މިލިއަން ކޮޕީ ވިކޭނެ ކަމަށް
ހެލޯ މެގަޒިން އިން ބުނެއެވެ.