ވިޔަފާރި

ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ މުދަލުގެ އަގު %43 އިތުރުވެއްޖެ


މިއަހަރުގެ
މިހާތަނަށް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މުދަލުގެ އަގު މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %43 އިތުރުވެއްޖެއެވެ.އެގޮތުން
މިދިޔަ އަހަރު އޮކްޓޯބަރުގެ ނިޔަލަށް 2.13 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު
މިއަހަރު މި އަދަދު ވަނީ 3.05 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.ކަސްޓަމްސް
އިން ޢާއްމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީއާއި
އެހެނިހެން ފީގެ ގޮތުގައި އޮކްޓޯބަރުމަހުގެ ނިޔަލަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ
މިމުއްދަތާ އަޅާބަލާއިރު %12 ވަނީ އިތުރުވެފައެވެ.މިދިޔަ
އަހަރުގެ އޮކްޓޯބަރުމަހާއި ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.62 ބިލިއަން
ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް އިމްޕޯޓް ޑިއުޓީގެ 1.82 ބިލިއަން
ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ރާއްޖެއަށް
އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ
އަޅާބަލާއިރު 0.2% އިތުރުވެފައެވެ. މިއަހަރުގެ
މިހާތަނަށް 26.01 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ
އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކޮށްފައިވަނީ 25.96 ބިލިއަން
ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި
މިއަހަރު ތެލުގެ އަގު އެވްރެޖްކޮށް ދަށްވުމަކީ، ރާއްޖޭގެ
އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށްވެފައިވާ މައިގަނޑު ސަބަބު ކަމަށް
ކަސްޓަމްސްއިން ހާމަކުރައްވައެވެ. އެގޮތުން މެޓްރިކް ޓަނެއްގެ އަގު އެވްރެޖްކޮށް 14900
ރުފިޔާގައި ހުރި އިރު މި އަހަރު މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 7900
ރުފިޔާއެވެ. މިއީ ގާތްގަނޑަށް 47% ދަށްވުމެކެވެ.

ތެލުގެ ބާވަތްތަކަށްކުރެވުނު ހޭދަ ފިޔަވައި، ހުސްވި އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއަށް
އިމްޕޯޓު ކުރެވުނު މުދަލުގެ އަގު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 18% އިތުރުވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން
ހާމަކުރައްވައެވެ.