މުނިފޫހިފިލުވުން

އަކްޝޭގެ 'ސޫރްޔަވަންޝީ' އާއި 'ބެލްބޮޓޮމް' ސިނަމާތަކަށް އިންޑިއާގެ މިނިވަން ދުވަހު


މިދިޔަ އަހަރު ޑިޖިޓަލް ޕްރިމިއަރ ކުރި ފިލްމު "ލަކްޝްމީ" އަށްފަހު އަކްޝޭ ކުމާރު ސްކްރީނުން ނުފެންނަތާ ދުވަސްގަނޑެއް ވެއްޖެއެވެ. އަކްޝޭގެ ފޭނުން މިހާރު ތިބީ އޭނާގެ ފިލްމެއްގެ އިންތިޒާރުގައިއެވެ.

ފޭނުންގެ އިންތިޒާރަށް ނިމުން އަންނަން މިވަނީ ތައްޔާރުވެފައެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އަކްޝޭގެ ދެ ފިލްމު ރިލީޒްކުރާނެ ތާރީހެއް މިވަނީ އެނގިފައެވެ.

އެއް ފިލްމަކީ އެކްޝަން ފިލްމުތަކުގެ ޑައިރެކްޓަރ ރޯހިތް ޝެޓީގެ ފިލްމު "ސޫރްޔަވަންޝީ" އެވެ. އަނެއް ފިލްމަކީ ރަންޖީތު އެމް ތިވާރީގެ ފިލްމު "ބެލް ބޮޓޮމް" އެވެ. އިންޑިއާގެ ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި ދެ ފިލްމުވެސް ދައްކަން ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަން ދުވަސް ކަމަށްވާ އޯގަސްޓް 15 ގައެވެ.

އެހެންނަމަވެސް އަކްޝޭ ވަނީ މި ޚަބަރުތައް ދޮގުކޮށްފައެވެ. ފިލްމު ދައްކާނެ ތާރީޚެއް އަދި ޕްރޮޑިއުސަރުން އިޢުލާނު ކުރާނެ ކަމަށްވެސް އަކްޝޭ ބުނެފައިވެއެވެ.

"ސޫރްޔަވަންޝީ" ގެ ލީޑް ރޯލުން އަކްޝޭ ފެނިގެންދާ އިރު މި ފިލްމަކީ ޝެޓީސް ކޮޕް ޔުނިވާސްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ޝެޓީސް ކޮޕް ޔުނިވާސްގެ ތެރޭގައި ދެން ހިމެނޭ ފިލްމުތަކަކީ "ޝިމްބާ" އާއި "ސިންގަމް" އެވެ. މި ފިލްމު އޭޕްރީލް 2 ވަނަ ދުވަހު ރިލީޒް ކުރާނޭ ކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް އެ ތާރީޚް އޮތީ އޭޕްރީލް 30 ވަނަ ދުވަހަށް ފަސްވިއެވެ. އޭގެފަހުން ފިލްމު ދައްކާނެ ދުވަހެއް އަދި މިހާތަނަށް އިޢުލާނު ކޮށްފައެއް ނުވެއެވެ. މާރިޗް މަހު ޓްރެއިލަރ ދައްކާފައިވާ މި ފިލްމުގައި އަކްޝޭގެ އިތުރުން ދެން ފެނިގެންދާނީ ކެޓްރީނާ ކައިފްއެވެ. އަދި ޚާއްޞަ ރޯލަކުން ރަންވީރް ސިންގް އާއި އަޖޭ ދޭވްގަން ވެސް ފެންނާނެއެވެ.

މިއަހަރު ޖެނުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައި އޮތް ފިލްމު "ބެލް ބޮޓޮމް" ވެސް އެންމެ ފަހުން ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 28 ގައެވެ. ނަމަވެސް މި ފިލްމުވެސް ރިލީޒް ކުރާނެ ދުވަހެއް އަދި ފައިނަލެއް ނުވެއެވެ.

އަކްޝޭއާއެކު ފިލްމުގެ ލީޑް ބަޠަލާގެ ރޯލުން ވާނީ ކާޕޫރު ފެނިގެންދާ މި ފިލްމުގައި ވާނީގެ އިތުރުން ލާރާ ދައްތާ އަދި ހުމާ ގުރައިޝީވެސް ފެނިގެންދާނެއެވެ. ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގައި ފެނިގެންދާނީ 1980 ގެ އަހަރުތަކުގައި އުޅުނު މަޝްހޫރު ބައެއްގެ ވާހަކަތަކެވެ. މި ފިލްމުގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ސޮކްޓްލޭންޑްގައެވެ.

މި ދެ ފިލްމުގެ އިތުރުން އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކަކީ އާންނަންދު އެލް ރާއީގެ ފިލްމު "އަތްރަންގީ ރޭ" ، ޔާޝް ރާޖް ފިލްމުގެ "ޕްރިތްވީރާޖް" ފަރްހާދު ސަމްޖީގެ "ބައްޗަން ޕާންޑޭ" އަދި އަބީޝެކް ޝަރުމާގެ "ރާމް ސޭތޫ" އެވެ.