ޚަބަރު

ތެޔޮ އުފުލާ ދޯނިތައް ވިލިނގިއްޔަށް ބަދަލުކޮށްފި


މާލޭގެ
ބަނދަރުތަކުގައި އަޅާފައިވާ ތެޔޮ އުފުލާ އުޅަނދުފަހަރު ވިލިނގިލީ ބަނދަރަށް
ބަދަލުކޮށްފިއެވެ.



މި އުޅަނދު ފަހަރު މި ހަފުތާގައި ވިލިނގިއްޔަށް ބަދަލުކުރީ މާލޭގެ އުތުރު ފަރާތު ބަނދަރަށް ލުޔެއް ހޯދައިދިނުމަށް
ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.



ތެޔޮ އުފުލާ
އުޅަނދު ފަހަރު ވިލިގިލީ ބަނދަރުގައި ، ބަނދަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސި
ނަމަވެސް ދުވަހުން ދުވަހަށް ތެޔޮ ބޭނުންވާ ތަންތަނަށް ބޭނުންވާ ތެޔޮ ލޯޑް ކުރުމަށްޓަކައި
ކޮންމެ ދުވަހަކުވެސް މާލޭގެ ބަނދަރަށް ތެޔޮ އުފުލާ އުޅަނދުފަހަރު ގާތްކުރުމަށް ވަނީ
ހަމަޖެހިފައެވެ. އެގޮތުން ވަކި ޚާއްޞަ
ހުއްދައެއްގެ ދަށުން ތެޔޮބޭނުންވާ ތަންތަނާއި ސަރުކާރާއި އަމިއްލަ
ވިޔަފާރިވެރިންގެ ތެޔޮ ބައުޒަރު ތަކަށްވެސް ތެޔޮ ލޯޑްކުރުން ހިމެނެއެވެ.



ހައުސިންގް
މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އުޅަނދުފަހަރު ވިލިގިއްޔަށް ބަދަލުކުރުމުން، އެއުޅަނދުފަހަރުގެ ވެރިންނަށް އެ ސަރަޙައްދުން ބޭނުންވާ ބޯފެނާއި އެހެނިގެން
ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ.