މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ޝްރެޔާ އަށް ފިރިހެން ކުއްޖެއް


މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ރީތި އަޑުގެ ވެރިޔާ ޝްރެޔާ ގޯޝާލް އަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ސޯޝަލް މީޑިއާގައި ޙިއްޞާ ކޮށްފައިވާ ޕޯސްޓެއްގައި ޝްރެޔާ ބުނީ މިއީ އަދި ދުވަހަކުވެސް ނުކުރެވޭ ކަހަލަ އުފާވެރި އިޙްސާސެއްކަމަށެވެ. އަދި އެންމެންގެ ހެޔޮ ދުޢާއަށް ޝުކުރުވެރިވާކަމަށްވެސް ޝްރެޔާ ވަނީ ބުނެފައެވެ.

މި އުފާވެރި ޚަބަރާއި ގުޅިގެން ޝްރެޔާގެ ފޭނުންނާއި ރައްޓެހިން އަދި ބޮލީވުޑްގެ ފަންނާނުންވެސް ދަނީ މަރުޙަބާ ކިޔަމުންނެވެ. މިގޮތުން ލަވަކިޔުންތެރިޔާ ނީތޫ މޯހަންއާއި ޖޯނިތާ ގާންދީއާއި ޝޭކަރު ރާވްޖިއާރީއާއި ޝިވަމް މަހާދޭވަން ފަދަ ފަންނާނުން ވަނީ ޝްރެޔާއަށް މަރުޙަބާ ކިޔާފައެވެ.

10 އަހަރު ދުވަސް ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު 2015 ވަނަ އަހަރު ފެބްރުއަރީ މަހު ޝްރެޔާ ވަނީ އޭނާގެ ކުޑައިރުގެ ރަޙްމަތްތެރިޔާ ޝިލް އަދިތިޔާ އާއި ކައިވެނި ކޮށްފައެވެ. މި ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުރީޒަމާނުގެ ބެންގާލީ ސްޓައިލަށެވެ.

ލަތާ މަންގޭޝްކަރު ކިޔާފައިވާ މަރާތީ ލަވައެއްގެ ކަވަރ ވާރޝަންގެ ރެކޯޑިން އާއެކު ކެރިއަރު ފެށި ޝްރެޔާ އެންމެ ފުރަތަމަ ހިންދީ ލަވައެއް ކިޔާފައިވަނީ "ދޭވްދާސް" އަށެވެ. އޭގެ ފަހުން ރީތި އެތައް ލަވައެއް ޝްރެޔާ ވަނީ ކިޔާފައެވެ. ޕްލޭބެކް ލަވަކިޔުންތެރިއެއްގެ އިތުރުން ޝްރެޔާވަނީ ވަރަށް ގިނަ ރިއަލިޓީ ޝޯ ތަކުގެ ޖަޖުކަންވެސް ކޮށްފައެވެ.