ޚަބަރު

އޭސީ ހަރުކުރަން އުޅުނު މީހަކު އޭސީއާއި އެކު ދެވަނަބުރިން ވެއްޓިއްޖެ


އިމާރާތެއްގެ ދެވަނަ ބުރީގައި އޭސީއެއް ހަރުކުރަން އުޅުނު މީހަކު މަގުމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ މީމީހާ ވެއްޓުނީ އެނާ ހަރުކުރަން މަސައްކަތް ކުރި އޭސީގެ އައުޓްޑޯ ޔުނިޓާއި އެކުކަމަށެވެ. އަދި މިމިހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ. މި މީހާގެ ހާލަތާއި ގޫޅޭ އަދި މިމިހާއާއި ބެހޭ އެއްވެސް ތަފްސީލެއް ނުލިބެއެވެ. އެނގިފައިވާ ގޮތުގައި މަގުމައްޗަށް ވެއްޓިފައިވަނީ ބިދޭސީއެކެވެ.

ރޭވެސް މާލޭގެ ދެ މީހަކު ވަނީ އިމާރާތެއްގެ މަތިން ވެއްޓިފައެވެ. ފުރަތަމަ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. އެ މަގުގައި ހުރި އެ އިމާރާތުގެ މަތިން ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. އޭނާ އަށް އަޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭ ނެތްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރޭ ދެވަނަ ހާދިސާއެއް ހިނގާފައިވަނީ މާފަންނު އިތާގޯޅި އެންދެރިކުރީގެ ފަސްވަނަ ބުރިން މީހަކު ވެއްޓިއެވެ. މިމީހާއަށްވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އުމުރުން 33 އަހަރުގެ މީމީހާ ވެއްޓިފައި އޮތް ސަރަހައްދު ން ގިނަ އަދަދެއްގެ ލޭ ފެންނަ ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

މި މައްސަލަތައް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.