ދުނިޔެ

ރަޝިޔާގެ ބޯޓަށް ދިން ހަމަލާ ތަހުޤީޤް ކުރާނަން- މިސްރު


މިސްރުގެ މަތިން ދަތުރުކުރަމުން ދަނިކޮށް ވައްޓާލީ
ރަޝިޔާގެ މަތިންދާ ބޯޓު ވައްޓާލާފައިވަނީ ޓެރަރިސްޓް
ހަމަލާއަކުން ކަމަށް ރަޝިޔާއިން ބުނާ ބުނުން ތަހްޤީޤުކުރާނެ ކަމަށް މިސްރުން
ހާމަކޮށްފިއެވެ.



މިސްރުގެ ވަޒީރުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި
ބުނެފައިވަނީ މި ޙާދިސާގައި ރަޝިޔާއިން ހޯދާފައިވާ ހޯދުންތައް މިސްރާއެކު
ހިއްސާކުރުމުން ބައިނަލްއަޤްވާމީ ގުޅިފައިވާ ތަހްޤީޤީ ކޮމިޓީއިން މިމައުލޫމާތު
ދިރާސާކުރާނެ ކަމަށެވެ.



މިސްރުގެ އިތުރުން ރަޝިޔާ، ފަރަންސޭސިވިލާތް އަދި
ޖަރުމަނުވިލާތުގެ ވައިގެ އުދުހުންތަކާ ބެހޭ ތަޖުރިބާކާރުން މި ތަހްޤީޤީ ކޮމިޓީގައި
ހިމެނެއެވެ.



މިސްރުގެ މަތިން ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު
މި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި 224 މީހުން ވަނީ މަރުވެފައެވެ.



މި ބޯޓު ވައްޓާލާފައިވަނީ ޓެރަރިސްޓް ހަމަލާއަކުން
ކަމަށް ރަޝިޔާއިން ބުނެފައިވާ އިރު، އެގައުމުން ވަނީ ސޫރިޔާއަށް ދެމުންދާ ވައިގެ
ހަމަލާތައް ވެސް ވަރުގަދަކޮށްފައެވެ.