އިންފޮމޭޝަން އޮފިސަރުގެ ނިންމުމާ މެދު ހުށައަޅާ ޝަކުވާތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލާ ހައިކޯޓްގެ އިންފޮމޭޝަން އޮފިސަރު ކަނޑައަޅުއްވައިފިއެވެ. އެކޯޓްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އެކޯޓްގެ މީޑިއަރ އަމީން ފައިޞަލްއެވެ.
އިންފޮމޭޝަން އޮފިސަރުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި މުރާޖަޢާކުރަން ކޮމެޓީއެއްވެސް ހައިކޯޓުން ވަނީ އެކުލަވާލާފައެވެ. ކޮމިޓީވެސްވަނީ ހައިކޯޓުގައިވަނީ އެކުލަވާލާފައެއެވެ. މި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އެކޯޓްގެ ރަޖިސްޓްރާ އަލްއުސްތާޛާ މަރްޔަމް ހޫރްޝިދާ، ޑިރެކްޓަރ އަލްފާޟިލާ ފާޠިމަތު ޖައުޒާ އަދި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޖީބުއެވެ.
2014 ވަނަ އަަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނުނުގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރެއް ނުވަތަ އޮފިސަރުން ތިބެންޖެހޭނެއެވެ. އަދި ޤާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތުތައް ދޫކުރުމުގެ އެންމެ އިސް ޒިންމާ އުފުލަންޖެހޭނީ އިންފޮމޭޝަން އޮފިސަރެވެ.