މުނިފޫހިފިލުވުން

"ފެމެލީ މޭން 2" ގެ އައު ޓްރެއިލަރ


އެކްޝަން ތްރިލަރ ވެބް ސީރިޒް އެއްކަމަށްވާ ހިންދީ ބަހުން ހަދާފައިވާ "ފެމިލީ މޭން 2" ގެ އައު ޓްރެއިލަރ މިއަދު ދައްކާލައިފިއެވެ.

މި ސިރީޒް ޑައިރެކްޓަރުންނަކީ ރާޖް ނިދިމޯރް އަދި ކްރިޝްނާ ޑީކޭއެވެ. މީގެ ޕްރޮޑިއުސަރުންނަކީވެސް މި ދެމީހުންނެވެ. މި ސިރީޒްގެ އެންމެ މުހިއްމު ރޯލުން ފެނިގެންދަނީ ތެލުގޫ އެކްޓަރ ސަމަންތާ އަކިނޭނިނީ އެވެ. އޭނާ ފެނިގެންދަނީ ލަންކާ ތަމަޅެއެއްގެ ރޯލުންނެވެ.

ސީރީޒުން ދެން ފެނިގެންދާ މަނޯޖް ބަޖްޕާއީގެ ރޯލަކީ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީގެ ސެލްއެއްގައި މަސައްކަތްކުރާ މިޑްލް ކްލާސް މީހެއްގެ ރޯލްއެވެ. މި ސީރީޒްގެ ވާހަކަ ބިނާކޮށްފައިވަނީ މަނޯޖެ ދިރިއުޅުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ.

ސިރީޒްގެ ޕްރޮޑިއުސަރުން ބުނީ މީގެ ލީޑް ދެވަނަ އެކަޓަރަކަށް ބޭނުންވީ ތަމަޅަ އެކްޓަރެއްކަމަށެވެ. އަދި އެކަން ކުރަން ބޭނުންވެފައި ތިއްބާ ސަމަންތާއާއި ދިމާވެ ސްކްރިޕްޓް ހުށައެޅުމުން ވަރަށް ފުރިހަމަކޮށް އެރޯލު ކުޅެދޭނެކަމުގެ ޔަޤީންކަން އެނާ ދިންކަމަށް ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.

މި ސީޒަންގައިވެސް ސަމަންތާ އަދި މަނޯޖްގެ އިތުރުން ޝަރުބީ ހާޝިމީ، ސީމާ ބިސްވާސް، ދަރްޝަން ކުމާރު، ޝަރަދް ކޭލްކަރް، ސަނީ ހިންދޫޖާ، ޝްރެޔާ ދަވަންތްރީ، ޝަހާބް ޢަލީ ، ވެދަންތް ސިންހާ އަދި މަހެކް ޓާކޫރު ފެނިގެންދާނެއެވެ.

2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރިލީޒްކުރި މި ސިރީޒްގެ ފުރަތަމަ ބައިގައި ދައްކަނީ ދެ ދިރިއުޅުމެއް އުޅެމުންދާ ސީކްރެޓް އޭޖެންޓެއްގެ ވާހަކައެވެ.