ޚަބަރު

ދެ އަހަރުތެރޭ 20 ބަނދަރު ހަދާ ނިންމައިފި


ސަރުކާރުން މި
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވިހި ރަށެއްގެ ބަނދަރުހަދާ ނިންމާލައިފިއެވެ.



ރާއްޖެއަކީ ކަނޑުގެ
ސަރަޙައްދު ބޮޑު ޤައުމެއްކަމަށްވާތީ ، އެއްރަށުން އަނެއްރަށައް ދަތުރުފަތުރު
ކުރަނީ ކަނޑުމަގުންނެވެ. އެހެެން ކަމުން ކޮންމެ ރަށަކަށްވެސް ލަފާ ފުރުމަށް ބަނދަރެއްގެ
މުހިންމުކަން ވަރަށް ބޮޑެވެ.



މިހާރު ހިނގަމުންދާ
ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ބަނދަރުގެ ދަތިކަން ނިމުމަކަށް
ގެނައުމަކީ ސަރުކާރުގެ މުހިންމު އެއް ވަޢުދުއެވެ.



މި ވޭތުވެދިޔަ ދެ
އަހަރު ތެރޭގައި ވިހި ރަށެއްގެ ބަނދަރުހެދުމަށް ސަރުކާރުން ވަނީ ހަސަތޭކަ
މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައެވެ. އަދި މިއަހަރުގެ ބާކީ އޮތް
ދުވަސްތަކުގެ ތެރޭގައި އިތުރު 10 ރަށެއްގެ ބަނދަރުހެދުމުގެ މަސައްކަތް ފެށޭނެކަމަށްވެސް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުހައްމަދު
މުއިއްޒު ވިދާޅުވީ ، ރަށްރަށުގައި ބަނަދަރު ހެދުމަކީ ރައީސް ޔާމިން ވަރަށް
އިސްކަންދެއްވާ ކަމެއް ކަމަށެވެ.



ސަރުކާރުން
މިހާރުވެސް ދަނީ  39 ރަށެއްގެ ބަނދަރުހެދުމުގެ
މަސައްކަތްކުރަައްވަމުންނެވެ. މި ތިރީސް ނުވަރަށުގެ ބަނދަރު ހެދުމަށް 1.4 ބިލިއަން
ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްްޓްރީން މައުލޫމާތުދެއްވައެވެ.



ބަނދަރުހެދުމުގެ
އިތުރުން އާބާދީ ބޮޑެތި ރަށްރަށުގެ ހަލާކުވެފައިވާ ބަނދަރުތައް އެރަށްރަށުގެ
ރައްޔިތުން ބޭނުންވާ ފެންވަރަށް މަރާމާތު ކުރުމުގެ މަސައްކަތްވެސް ހައުސިންގ
މިނިސްޓްރީން ކުރަައްވަމުންގެންދަވައެވެ.