ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުން މުދާ ބޭރުކުރާ މިންވަރު އިތުރުވެއްޖެ


ސިންގަޕޫރުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު 6 އިންސައްތައަށް އިތުރުވެއްޖެއެވެ.

އެންޓަރޕްރައިސް ސިންގަޕޫރުން ހޯމަދުވަހު ނެރުނު ހިސާބުތަކުން ދައްކާގޮތުގައި އިލެކްޓްރޯނިކް މުދާނޫން އެހެނިހެން މުދާ ބޭރުކުރުން މިދިޔަމަހު ވަނީ 10.9 އިންސައްތައަށް އިތުރުވެފައެވެ. މި އިތުރުވުން އައި މައިގަނޑު ސަބަބަކީ ޚާއްޞަ މެޝިނަރީތަކެއް އެތެރެކޮށް ސެމީ ކޮންޑަކްޓަރުގެ ޑިމާންޑު އުފުލުންކަމުގައި އީސްޖީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ޕެޓްރޯކެމިކަލް 63.3 އިންސައްތައަށް އިތުރުވެފައިވީއިރު އިލެކްޓްރޯނިކް ސާމާނުވެސް ވަނީ 10.9 އިންސައްތައަށް އިތުރުވެފައެވެ.

ބޭހާއި ސިއްޙީ އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓްތައް މަދުވުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންއަށް ބޭރުކުރި މިންވަރު ވަނީ 30.2 އިންސައްތައަށް ދަށްވެފައެވެ. ޚާއްޞަ މެޝިނަރީތަކާއި ބޭސް އެތެރުކުން މަދުވުމުގެ ސަބަބުން ޖަޕާނަށް ފޮނުވާފައިވާ ޝިޕްމަންޓްސްތައްވެސް ވަނީ 33.2 އިންސައްތައަށް ދަށްވެފައެވެ.

ނަމަވެސް ޗައިނާ، މެލޭޝިއާ، ހޮންކޮންގް، ސައުތުކޮރެއާ، އިންޑޮނޭޝިއާ، ޓައިވާން، އަދި ތައިލޭންޑަށް ސިންގަޕޫރުގެ އުފެއްދުންތައް އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ. ފުޅާވަމުންދާ މާކެޓްތަކަށް އެކްސްޕޯޓް ކުރިވަރުވެސް ވަނީ 75 އިންސައްތައަށް އިތުރުވެފައެވެ. މިއަދަދު މިދިޔަ އަހަރު ވަނީ 66.1 އިންސައްތައިގައެވެ.

އިމްޕޯޓް އަދި އެކްސްޕޯޓްވެސް އިތުރުވެފައިވާ ސިންގަޕޫރުގެ ޖުމްލަ ވިޔަފާރި ވަނީ 26.3 އިންސައްތައަށް އިތުރުވެފައެވެ. މީގެ ސަބަބުން ތެލުގެ ވިޔަފާރިއަށާއި އިލެކްޓްރޯނިކް ވިޔަފާރިއަށް ރަނގަޅު އަސަރެއް ކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.