ޚަބަރު

2 އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލުވެއްޖެ- ހައުސިންގ މިނިސްޓަރ


ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ހައުސިންގ މިނިސްޓްރީން ކުރެއްވުމަށް ކަނޑައެޅުއްވި ހުރިހާކަމެއް ހާސިލުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ. ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިޒް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާތަނަށް ކުރިއަށްގެންދެވި އެއް މަޝްރޫޢަކީ، ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކަމަށާއި، އެމަޝްރޫއުގައި ދެއަހަރަށް ޓާގެޓް ކުރެއްވި ހުރިހާކަމެއް ހާސިލު ވެފައިވާކަމަށެވެ.ސުނާމީއާއި ގުޅިގެން ގެދޮރު ގެއްލުނު މީހުންގެ ތެރެއިން ރައީސް ޔާމީން ވެރިކަމަށް އައި އިރު ގެދޮރު ނުލިބިވާ ހުރިހާ ފަރާތްކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދެވުނުކަމަށް މުއިޒް ވިދާޅުވިއެވެ.ޔޫތު ސިޓީގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރު މުއްދަތެއްގެ ތެރޭގައި ނިމިފައިވާކަމަށާއި، އެތަނުގެ މަގުހެދުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށި، ގެދޮރު ބިނާކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން  މުއިޒް ފާހަގަކުރެއްވިއެވެ.ބަނދަރު ހެދުމާއި ބަނދަރުތަށް މަރާމާތުކުރުމުގެ ގިނަ މަޝްރޫޢެއް ދެއަހަރުތެރޭ ނިމިފައިވާކަންވެސް މިނިސްޓްރ މުއިޒްވަނީ ފާހަގަކުރައްވާފައެވެ.