މުނިފޫހިފިލުވުން

ވިދްޔާގެ "ޝޭރިނީ" ގެ ފުރަތަމަ ލުކް ދައްކާލައިފި


އަންނަ މަހު އެމެޒޯން ޕްރައިމްއިން ރިލީޒް ކުރަން ހުރިހާކަމެއް ނިމިފައިވާ ވިދްޔާ ބާލަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޝޭރިނީ" ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.

90 ވަނަ އެކަޑަމީ އެވޯޑުން އެންމެ މޮޅު ފޮރިން ލެންގުއޭޖް ފިލްމުގެ އެވޯޑް ލިބިފައިވާ "ނިއުޓަން" ވެސް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރ އަމިތް މަސުރުކާރު ޑައިރެކްޓްކުރާ މި ފިލްމުގައި ވިދްޔާ ފެނިގެންދާނީ ބިރުކުޑަ ފޮރެސްޓް އޮފިސަރެއްގެ ރޯލުންނެވެ.

ބޫޝަން ކުމާރު ޓީ ސީރީޒްއިން ޕްރޮޑިއުސްކުރާ ފިލްމު "ޝޭރިނީ" ގެ ޝޫޓިން ކޯވިޑްގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރުފެށުނީއްސުރެ ހުއްޓިފައި އޮތުމަށްފަހު ޝޫޓިންތައް އަލުން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުއެވެ.

މަދްޔަ ޕްރަދޭޝްގެ ޖަންގަލީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބައޯ ބަބްލްސް ގެ ރައްކާތެރިކަމާއެކުގައެވެ.
ވިދްޔާގެ އިތުރުން ޝަރަދު ޝަޒޭނާ، މުކުލް ޗައްޑާ، ވިޖޭ ރާޒް، އީލާ އަރުން، ބިރިޖެންދުރާ ކާލާ އަދި ނީރަޖް ކާބީ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ވިދްޔާ ބާލަން އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ މަހު އެމެޒޯން ޕްރައިމްއިން ރިލީޒްކުރި ހިސާބު ޢިލްމުވެރިއެއްކަމަށްވާ ޝަކުންތަލާ ދޭވީ ގެ ޙަޔާތުގެ މައްޗަށް ކުޅެފައިވާ ބަޔޯގްރޮފިކަލް ފިލްމު 'ޝަކުންތަލާ ދޭވީ' އިންނެވެ.