ޚަބަރު

25 އަހަރުގެ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ


25 އަހަރުގެ ދިވެހި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި މިސްބާޙް ގެއްލިފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.

މި ޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އެކަމުގައި އާއްމުންގެ އެހީތެރިކަމަށް އެދި ފުލުހުން ވަނީ މިސްބާޙުގެ ވަނަވަރާއި އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

އިއްޔެވެސް ފުލުހުން ވަނީ މާލެއިން ދިވެހި ޒުވާން އަންހެނަކު ގެއްލިގެން ރިޕޯޓްކުރުމާގުޅިގެން، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އޭނާގެ އާއިލާއިން ފުލުހުންނާ ވަނީ ހިއްސާ ކޮށްފައެވެ.