ވިޔަފާރި

އެއާ ޗައިނާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


ޗައިނާގެ ޤަައުމީ
އެއާލައިން، އެއާ ޗައިނާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެއެއަރ ލައިނުން
ނިންމައިފިއެވެ.



މޯލްޑިވްސް
ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން  އެއަރ ޗައިނާ އިން ރާއްޖެއަށް ދަތުރުތައް
ފެށުމަށް ހުށަހަޅާފައިވާ ކަމަށާއި އެ އެއަރލައިންއަށް ހުއްދަ ދިނުމަށް ކުރަންޖެހޭ
މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.



އެއަރ
ޗައިނާގެ ދަތުރުތައް ކުރާނީ  ޗެންގްޑޫ-
ކޮލަމްބޯ އަދި މާލެއަށް ކަމަށް އެެއަރ ޗައިނާއިން ހާމަކުރެއެވެ. އަދި އެ
ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ330ގެ މަތިންދާބޯޓު ކަމަށް ވެސް އެ އެއަރ
ލައިނުން ބުނެއެވެ.



ޗައިނާ
އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޓޫރިޒަމް
މިިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް
އެޤައުމުން ރާއްޖެއަށް 292،600 ފަތުރުވެރިން
ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %31އެވެ.