ވިޔަފާރި

އެމެރިކާގެ ބަޖެޓް ދަރަނި ފުރަތަމަ ފަހަރަށް 1.9 ޓްރިލިއަނަށް

ކޯވިޑްގެ ބަލިމަޑުކަމަށް ޚަރަދަކުރަން ޖެހުމުގެ ސަބަބުން އެމެރިކާގެ ބަޖެޓްގެ ދަރަނި ހަތް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 1.9 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު މިއަހަރު މިވަނީ ދަރަނި %30.3 އިތުރުވެފައިކަމުގައި ޓްރެޝަރީ ޑިޕާރޓްމަންޓުން މަހުންމަހަށް ޢާންމުކުރާ ބަޖެޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މިގޮތަށް ދިމާވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ކޯވިޑްގެ ބަލިމަޑުކަމާހެދި ވަޒީފާނެތް މީހުންނަށް ދޭ ޢިނާޔަތްތަކަށާއި ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ރިލީފް ޕެކޭޖްތަކަށް ޚަރަދު ކުރަންޖެހުމުންކަމަށް ރިޕޯޓްގައި ބުނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ބަޖެޓް ދަރަނި 3.1 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު އިޤްޠިޞާދީ މާހިރުން ލަފާކުރާގޮތުގައި މިއަހަރު އެ ޢަދަދު 3.3 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. މިދިޔަ އަހަރު ބަޖެޓް ދަރަނި އަރާފައިވަނީ 738 ބިލިއަން ޑޮލަރަށެވެ. އެއާ ޚިލާފަށް މިއަހަރުގެ ބަޖެޓް ދަރަނި 225.6 ބިލިއަން ޑޮލަރަށް ވަނީ ތިރިވެފައެވެ. މިއީ މިއަހަރުގެ ރިލީފް ޕެކޭޖްތައް މަދުވުމާއި އަމިއްލަ މީހުން ޓެކްސް ދައްކަން ފެށުމުން އައި ބަދަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އޮކްޓޫބަރާއި ދެމެދު 2.14 ޓްރިލިއަން ޑޮލްރު ޢާމްދަނީގެ ގޮތުގައި ލިބުނުއިރު މިއީ އޭގެ ކުރީ އަހަރުގެ މިމުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ %16.1ގެ އިތުރުވުމެކެވެ. އަދި މިއީ އޭޕްރީލް މަހުން ފެށިގެން އަމިއްލަ މީހުން ޓެކްސް ދައްކަންފެށުމުން އައި ބަދަލެކެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ޓެކްސް ދެއްކުން ލަސްވެފައިވަނީ ކޯވިޑްގެ ބަލިމަޑުކަމާހެދި 2 މިލިއަން މީހުންގެ ވަޒީފާތައް ގެއްލިގެން ދިއުމުގެ ސަބަބުންނެވެ.

ވޭތުވެދިޔަ 7 މަސްދުވަހުގެ ޖުމްލަ ދަރަނީގެ އަގު 4.07 ޓްރިލިއަނަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރު މި މުއްދަތާ އަޅާބަލާއިރު %25.8ގެ އިތުރުވުމެކެވެ.