ކުޅިވަރު

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗްތަކުގެ ކުރިން ގައުމީ ޓީމު ކޭންޕްކޮށްފި


ކުރިއަށް އޮތް ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗްތަކުގެ ކުރިން ގައުމީ ޓީމް ކޭންޕްކޮށްފިއެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް-19ގެ ސަބަބުން މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެންޓްރަލައިޒްކޮށެވެ. އެގޮތުން ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގައެވެ. ޗައިނާގައި މިމެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އިން މިއަންނަ މަހުގެ 15 އަށެވެ. މިމެޗްތަކުގެ ކުރިން ގައުމީ ޓީމް 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގާފައިވީނަމަވެސް ހޮޓަލް ޖެންގައި ކޭންޕްކޮށްފައިވަނީ 25 ކުޅުންތެރިންނެވެ. ގައުމީ ޓީމުގެ ކުޅުންތެރިން ހޮޓަލް ޖެންގައި ކޭންޕް ކުރީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19އިން ރައްކާތެރިވުމަށް ކަމަށާއި ޓީމުގެ ކުޅުންތެރިން ކޯވިޑް-19އަށް ފައްސިވެއްޖެކަމުގައިވާނަމަ، މިކަންވާނީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށްވެސް އެފްއޭއެފްއިން މަޢުލުމާތުދެއެވެ.

މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭގެ ހުއްދައެއް އަދި ލިބިފައިނުވެއެވެ ހުއްދަ ލިބިއްޖެނަމަ، ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމުން މަޢުލުމާތުދެއެވެ. މަޢުލުމާތު ލިބިފައިވާ ގޮތުގައި ގައުމީ ޓީމު ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. ޗައިނާއަށް ގައުމީ ޓީމު މިހާ ކުރިން ފުރަނީ އެގައުމުގައި ރަގަނޅު ތަމްރީނުތަކެއް ފުރިހަމަ ކުރުމުގެ ބޭނުމުގައިކަމަށްވެސް އެފްއޭއެމުން މަޢުލުމާތުދެއެވެ. ޗައިނާގައި ސެންޓްރަލައިޒްކޮށް މުބާރާތުގެ މެޗްތައް ކުރިއަށްގެންދާއިރު، ގުރޫޕް އޭގައި ރާއްޖެއަށް ބާކީ އޮތީ ތިން މެޗެވެ. އެއީ މިއަން މަހުގެ 3ވަނަ ދުވަހު ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗާއި 7ވަނަ ދުވަހު ސީރިޔާއާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންނަ މަހުގެ 15ވަނަ ދުވަހު ފިލިޕީންސާއި ދެކޮޅަށް ކުޅޭ މެޗެވެ.

ގުރޫޕް އޭގައި ރާއްޖެއޮތީ ހަތަރު ވަނައިގައެވެ. އެއީ 4 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކުގައެވެ. މި ގުރޫޕްގެ 1ވަނައިގައި އޮތީ 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ތާވަލްގެ 2ވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ތާވަލްގެ ތިންވަނައިގައި 7 މެޗުން ފިލިޕީންސްއެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.