ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ސްޓޭޓްތަކަށް 350 ބިލިއަން ޑޮލަރުގެ އެހީއެއް


އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމަންޓުން 350 ބިލިއަން ޑޮލަރުގެ އެހީގެ ޕްރޮގްރާމެއް ލޯކަލް ގަވަރމެންޓްތަކަށާއި ސްޓޭޓަށް ހުޅުވާލައިފިއެވެ. މީގެ ސަބަބުން އެމެރިކާގެ އިޤްޠިޞާދު ރަގަޅުކުރުމަށް ރައީސް ޖޯ ބައިޑަން ކުރައްވާ މަސައްކަތަށް އިތުރު އެހީއަކަށް ވެގެންދާނެއެވެ.

މިއީ ކޯވިޑްގެ ޙާލަތާ ގުޅިގެން ރައީސް ބައިޑެން އެކުލަވާލައްވައި މާރިޗް މަހު ޤާނޫނަކަށް ބަދަލުވެފައިވާ ޑޮލަރުގެ ރިލީފް ޕެކޭޖަށް އިންވެސްޓްކުރައްވާފައިވާ 1.9 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖުގެ ބައެކެވެ. ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ޙައްޤުވާ ސަރުކާރުތަކަށް މިއެހީ ދޭން ވަރަށްއަވަހަށް ފަށާނެކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މިކަން އިޢުލާންކޮށްފައި މިވަނީ އޭޕްރީލް މަހު 266،000 ވަޒީފާ އިތުރުކޮށްފައިވާކަމަށް ބައިޑަން ވިދާޅުފައިވަނިކޮށެވެ.

އިދިކޮޅު ރިޕްބަލިކަން ޕާޓީގެ ޤާނޫނު ހަދާ ފަރާތްތަކުން ބުނާގޮތުގައި މި ރިލީފް ޕެކޭޖާއެކު ވަޒީފާނެތް މީހުންނަށްދޭ ޢިނާޔަތްތައް ދިނުމުން ވަޒީފާތަކަށް މީހުން ހޯދަން ދަތިވާނެއެވެ. ވަޒީފާތަކަށް ގޮސްގެން ލާރިހޯދުމަށްވުރެ ގޭގައި ތިބެގެން ލާރި ލިބުން މީހުންނަށް މާރަގަޅުވާނެ ކަމުގައެވެ. ނަމަވެސް ބައިޑަން ވިދާޅުވާގޮތުގައި މަސައްކަތަށް މީހުން އެބުރިނިކުތުމަށް މި ޕެކޭޖް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ.

ބައިޑަން ދަނީ މީގެ އިތުރުންވެސް ވަރަށްގިނަ އިންވެސްޓްމަންޓްތައް ކުރަމުންނެނެވެ. މިގޮތުން މުއްސަނދިންގެ އަތުން ނަގާ ޓެކްސްއިން އިންފްރާސްޓްރަކްޗަރ، ތަޢުލީމާއި އާއިލާތަކަށް 4 ޓްރިލިއަން ޑޮލަރު އިންވެސްޓްކުރަން ވަނީ ނިންމާފައެވެ.

ޓްރެޝަރީ ޑިޕާރޓްމަންޓުން ނެރެފައިވާ ގައިޑެންސްގައި މިއެހީގެ ޕެކޭޖުން ޚަރަދުކުރާނެ ދާއިރާތައްވަނީ ޢާންމުކޮށްފައެވެ. އާންމު ޞިއްޙަތާއި ކުދި ވިޔަފާރިތައް އަދި ކޯވިޑްގެ ބަލިމަޑުކަމުން ހުއްޓާލަންޖެހިފައިވާ އެހެނިހެން އިންޑަސްޓްރީތަކަށް މި ޕެކޭޖުން ސަރުކާރުތަކަށް ޚަރަދުކުރެވިދާނެކަމަށް އެ ގައިޑެންސްގައި ބުނެފައިވެއެވެ. ޓްރެޝަރީން ބުނެފައިވަނީ މި ޕެކޭޖުން ލޯކަލް ގަވަރުމެންޓްގެ ޓެކްސް އުނިކުރުމާއި ދަރަނި އަދާކުރުން އަދި ރިޒާރވް ފަންޑަށް އެހީވުމަކީ ވަރަށް ބޮޑަށް މަނާކުރާކަންކަންކަމެވެ.