މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިމަހުގެ 13ވާ ބުރާސްފަތި ދުވަސް ކަމަށް އިސާލްމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު މިހެން ވިދާޅުވީ 1442ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދާބެހޭ ގޮތުން ގޮތެއް ނިންމެވުމަށްޓަކާ މިރޭ ބޭއްވި ބައްދަލުކުރެއްވުމަށްފަހު ހަނދާބެހޭ ގޮތުން އިއްވެވި ބަޔާނުގައެވެ.
ހަނދާ ބެހޭ ގޮތުން އިއްވެވި ބަޔާނުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ 1442 ވަނައަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަސް އަދި މިއަދު އިރޮއޮއްސުނުއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށް 1442 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލްގައިވާ ގޮތުގެ މަތިން މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ 30ވަނަ ދުވަސް ކަމަށާއި އަންނަ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ފިޠުރު އީދު ދުވަސް ކަމަށެވެ.
އިސްލާމިކް މިނިސްޓަރވަނީ ބަރަކާތްތެރި ފިޠުރު ޢިދުގެ ތަހްނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހްނިޔާ ފޮނުއްވާފައެވެ.