ކުޅިވަރު

މަސައްކަތްކުރަނީ ކުޅުންތެރިންގެ ފޯކަސް ހިފަހައްޓަން - ސާންތި


މިހާރު މަސައްކަތްކުރަން ޖެހިފައިވަނީ ކުޅުންތެރިންގެ ފޯކަސް ހިފަހައްޓަންކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ބުނެފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ބީޖީއާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު އިހުސާން ބުނީ ކުޅުންތެރިންގެ ސީރިއަސްކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށާއި، އެހެންކަމުން ކުޅުންތެރިންގެ ފޯކަސް ހިފެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރާކަމަށެވެ. އެހެން ދިމާވި ސަބަބެއްކަމަށް އިހުސާން ފާހަގަކޮށްފައިވަނީ ލީގު ތާވަލަށް އެކިފަހަރު މަތީން އައި ބަދަލުތަކާއި، ސީޒަން ދިގުލައިގެން ދިއުމެވެ. އަދި ބައެއް ފަހަރު މެޗެއް ކުޅުމަށްފަހު ދެވަނަ މެޗަކަށް ގިނަ ދުވަސްތަކެއް އިންތިޒާރުކުރަން ޖެހުމެވެ. ނަމަވެސް އިހިސާން ބުނީ މިރޭގެ މެޗުގައި އީގަލްސް ރަނގަޅަށް ކުޅުނު ކަމަށާއި، ބަލިވުމަށްވުރެ ޕޮއިންޓަކުންވެސް ހިތްހަމަޖެހޭކަމަށެވެ. " ރަނގަޅަށް ކުޅުނު. ޖުމްލަކަށް ހިތްހަމަ ޖެހޭ. މައްސަލައަކީ ކުޅޫންތެރިންގެ ސީރިއަސްކަން ގެއްލުން. " އިހުސާން ބުންޏެވެ.ބީޖީގެ ކޯޗު މުޙައްމަދު ޝާޒްލީ ބުނީ ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށާއި، ނަސީބު ދެރައީކަމަށެވެ. އީގަލްސްއަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއްޓީމަށް ވުމުން މެޗު ޓަފްކަމަށް ޝާޒްލީ ބުންޏެވެ. " އީގަލްސްއަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމް. އެހެންވީމަ މެޗު ޓަފްވާނެ. ބީޖީގެ ކުޅުން ރަނގަޅު. ހިތްހަމަ ޖެހޭ. އެހެން ނަމަވެސް ނަސީބުވެސް ކޮންމެވެސް ވަރަކަށް އެހީވެގެންވާނީ. ނަސީބު ނެތީ. " ޝާޒްލީ ބުންޏެވެ.މިނަތީޖާއާއެކު އީގަލްސް އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. ބީޖީ އޮތީ ހަ ވަނައިގައެވެ.