ޚަބަރު

ތަހުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ


ފުލުުހުން ތަޙްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ. 

ފުލުހުން ތަޙްޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން، އުޅޭ ވަކި ތަނެއް ނޭގުމުގެ ސަބަބުން ހޯދާ ނުފެނިގެން އިއުލާންކޮށްފައިވަނީ ކ. މާލެ، ހ. އެވަރޗާންސް، އަޙްމަދު ވިޝާލްއެވެ. 

ފުލުހުން ބުނީ  އަޙްމަދު ވިޝާލްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މަޢުލޫމާތެއް ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9790077، ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. 

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.