މުނިފޫހިފިލުވުން

'މަހާރާނީ' ޕްރިމިއަރ ކުރުން މިމަހު 28 ގައި


ކަރަން ޝަރުމާ ޑައިރެކްޓްކޮށް އެކްޓަރ ހުމާ ޤުރައިޝީ ލީޑްރޯލުން ފެނިގެންދާ ފިލްމު 'މަހާރާނީ' މިމަހު 28 ގައި ސޮނީ ލައިވް އިން ޕްރިމިއަރ ކުރަން ނިންމައިފިއެވެ. ހުމާގެ އިތުރުން ސޯހަމް ޝާހު، އަމިތް ސިއާލް އަދި ވިނީތް ކުމާރު ސިންގ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ޕޮލިޓިކަލް ޑްރާމާއެއްކަމަށްވާ 'މަހާރާނީ' އުފެއްދީ 90 ގެ އަހަރުތަކުގައި ބިހާރުގެ ޗީފް މިނިސްޓަރ ޕްރަސާދް ޔާދަވް މަރުވުމުން އޭނާގެ އަންހެނުން ރަބްރީ ދޭވީ ބިހާރުގެ ޗީފް މިނިސްޓާރުކަމާއި ހަވާލުވެ 3 ދައުރު ފުރިހަމަކުރި ގޮތުގެ ވާހައިން އިންސްޕަޔަރ ވެގެންނެވެ.

ހުމާގެ ފުރަތަމަ ފެންނާނީ މޭކަޕާއި ނުލާ ހައުސްވައިފެއްގެ ރޯލުންނެވެ. ނަމަވެސް ބިހާރުގެ ޗީފް މިނިސްޓަރުގެ އަންހެނުންކަމަށްވާ ރާނީ ބާރްތީގެ މުޅި ޙަޔާތް ބަދަލުވަނީ ރާނީ ޗީފް މިނިސްޓަރަކަށް ބަދަލުވާ ހިސާބުންނެވެ. ފިލްމުގައި ހުމާ ކުޅެނީ ރާނީ ބާރްތީގެ ރޯލެވެ. މިދިޔަމަހު ވަނީ މި ފިލްމުގެ ޓްރެއިލަރވެސް ދައްކާލާފައެވެ.

2012 ވަނަ އަހަރު ނެރުނު ކްރައިމް ޑްރާމާ ފިލްމު 'ގޭންގްސް އޮފް ވަސިއަޕޫރް' އިން ފިލްމީ ކެރިއަރ ފެށި ހުމާގެ އެންމެ ފަހުގެ ފިލްމަކީ ރަޖްނީކާންތް ޑައިރެކްޓްކޮށްފައިވާ ޓަމިލް ފިލްމު 'ކާލާ' އެވެ.