ސިޔާސީ

ހާމިދު އިސްމާއިލްގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް އިތުރު ފަސްދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކޮށްފިއެވެ.މިއީ އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދިން ދެވަނަ ފަހަރެވެ. މީގެ ކުރިން ކޯޓުން ހާމިދު އިސްމާއިލްގެ ބަންދަށް 15 ދުވަސް ޖަހާފީފައިވެއެވެ.ފަނަރަ ދުވަހަށް ބަންދުގެ މުއްދަތު ޖަހާދިން މައްސަލަ ހާމިދުގެ ފަރާތުން އިސްތިއުނާފްކުރުމުން ހައިކޯޓުން އެ މައްސަލަ ނިންމާ އިއްޔެ ހުކުމް އިއްވާފައިވަނީ ދަށުކޯޓުގެ ނިންމުމަށް ތާއިދުކޮށްފައެވެ.ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ހާމިދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ މެލޭޝިއާގައި ހުއްޓާ އެގައުމުގެ ފުލުހުން މެދުވެރިކޮށެވެ.ހާމިދް ހައްޔަރުކުރެވުނީ އޭނާއަށް ރާއްޖެއައުމަށް ތަކުރާރްކޮށް އެންގުމުންވެސް ރާއްޖެނައިސް ފިލައިގެން  އޮސްޓްރޭލިއާއަށް ދާން ޓިކެޓްވެސް ނަގާފައިވަނިކޮށްކަމަށް ހޯމް މިނިސްޓާރ ވިދާޅުވެފައިވެއެވެ.