މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓަ ހަމަލާއާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއްވާނަ އޮންލައިންކޮށް އެކަން ހުށައެޅޭނެ އިންތިޒާމު ފުލުހުން ހަމަޖައްސައިފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ މި މައްސަލައަކީ އެންމެ އިސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ. ނަޝީދަށް ދިން މި ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށާއި މި ހަމަލާއާއި ގުޅިގެން ޝައްކު ކުރެވޭ 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މީހުންގެ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މި މައްސަލައިގެ ތަހުޤީގުގައި 450 ފުލުހުން މަސައްކަތް ކުރަމުން އަންނަކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި އުދްވާނީ ހަމަލާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއް ވާނަމަ އޮންލައިންކޮށް ހުށައެޅެމުގެ ފުރުސަތުވެސް ފުލުހުން މިވަނީ ހުޅުވާލާފައެވެ. މިގޮތުން މި ފަދަ އެއްވެސް މައުލޫމާތެއް ވާނަމަ https://u.police.mv/evidence. ހުށައެޅުމަށް ފުލުހުން އެދިވޑައިގަންނަވައެވެ. އަދި މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.
މީގެއިތުރުން މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 9704000 އަށް ވެސް ހުށައެޅޭނެއެވެ. ހިއްސާކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.
Please share any relevant information, photo, video or documents of suspicious activity related to the #May06TerrorAttack using https://t.co/Ia6CijQxQJ.
— Maldives Police (@PoliceMv) May 8, 2021
We assure confidentiality & anonymity of those who provide information.#Thankyou for your continued support & cooperation.
ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ފުޅަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސްކަމަށާއި ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެެ ހޮސްޕިޓަލުން އެންމެ ފަހުން ބުނެފައިވަނީ ޒަހްމަތަކާއި އެކު އެ ހޮސްޕިޓަލަށް ނަޝީދު ގެނައި ފަހުން 16 ގަޑިއިރުގެ ތެރޭގައި ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ބޮލާއި މެޔާއި އަދި ބަނޑަށް ލިބިފައިވާ ޒަހަމްތަކަށް ގިނަ ސާޖަރީތަކެއް ހަދާފައިވާކަމަށެވެ.