މުނިފޫހިފިލުވުން

ވާހަކަ: އާން! އަހަރެންނަށްވެސް ލޯބިވެވިއްޖެ!


ހަރީފްމޫސުމާއި ބަހާރުމޫސުން އާދެއެވެ. އިރުވައި މޫސުމާއި ހުޅަނގުމޫސުންވެސް އާދެއެވެ. ނަމަވެސް އަހަރެންގެ ލޯބިވެރިޔާއެއް ނާދެއެވެ. އަހަރެން މިއަދު ގަލަން މިއުފުލާލަނީ އަހަރެންގެ މާޒީގެ ސަފްހާތަކުން ކޮންމެވެސް އެއްޗެއް ލިޔެވޭތޯއެވެ. އަހަރެންވެސް ލޯބިވީމެވެ. އެޒުވާނާދެކެއެވެ. އެ ތުނިތުނި ހަށިގަނޑެއްގެ ވެރިއަކަށްވާ ފަތްމިންޏެއްފަދަ އަންހެންކުއްޖެއްދެކެއެވެ. އާއެކެވެ. އެއީ ލީލްއެވެ. އަހަރެންގެ ފުރަތަމަ ލޯބިވެރިޔާއެވެ.

އެއްދުވަހެއްގެ ހަވީރުގެވަގުތެކެވެ. އަހަރެންގެ ބެސްޓްފްރެންޑް ފޯންކޮށްފައި ބުނެލިއެވެ. އޭތް! ލައިހާން ހިނގާ ކޮފީއަކަށް، ބިޒީތަ؟ އަހަރެން ބުނީމެވެ. ނޫން! ބިޒީއެއްނޫން، މިހާރުވެސް ގޭގައި! މިހިރީފޫހިވެފަ – ތި ގުޅާލީ ވަރަށް ރަނގަޅު ވަގުތެއްގަ! މިދެއެކުވެރިން ކޮފީއަކަށްދާން ނިންމިއެވެ. އަދިމާކަށްގިނަ ވާހަކަތަކެއް ނުދައްކާ ފޯނުކަނޑާލިއެވެ. އަދި މާކަށްގިނައިރުތަކެއް ނުވެ ލައިހާން އޭނާގެ އެކުވެރިއެއްކަމަށްވާ ނާޝިދުމެން ގެއަށް ދިޔައެވެ. އަދި ނާޝިދުމެން ގޭދޮށުގައި ލައިހާން އޭނާގެ ކާރުގައި އިނދެގެން ބަރުގަނޑު އަޅަން ފެށިއެވެ.

ނާޝިދު ބަރުގަނޑުގެ އަޑަށް ގެއިން ނުކުތެވެ. އަދި ނާޝިދު އަވަސްވެގަތީ ނާޝިދުގެ އެކުވެރިއެއް ކަމަށްވާ ލައިހާންގެ ކާރަށް އެރުމަށެވެ. އަދި ނާޝިދު ބުނެލިއެވެ. ލައިހާން! ކޮފީއަށްދާނީ ހަމަ އަހަރުމެން އާއްމުކޮށް ދާ ކެފޭއަށް ދޯ ލައިހާން. ނާޝިދު އެހެން ބުނުމުން ލައިހާން އާއެކޭބުނެލިއެވެ. އަދި ލައިހާން ބުނެލިއެވެ. ނާޝިދު ކޮބާ މީހަކާއިންނާކަށްނުވޭތަ؟ ލައިހާން އެހެނ ބުނުމުން ނާޝިދު ބޯޖަހާލިއެވެ. އަދި އޭނާ ހިނިގަނޑެއްޖަހާލިއެވެ. ހޫން! ލައިހާން މީހަކާ އިންނާކަށް ނުވޭތަ؟
ނާޝިދު އެހެން ބުނުމުން ލައިހާން ބުނެލިއެވެ. އަދި ހިތްހަމަޖެހޭ ކުއްޖެއް ނުފެނިގެން މިއުޅެނީ އާއެކެވެ. މާކައް ގިނައިރުތަކެއްނުވެއެވެ. ކާރުގޮސް ހުއްޓުނީ ކެފޭދޮރު މައްޗަށެވެ. އަދި ލައިހާން އާއި ނާޝިދު ކާރުންފޭބިއެވެ. އަދި ލައިހާން އާއި ނާޝިދު ކެފޭއަށް ވަންނަން އުޅެނިކޮށް ކެފޭގެ ދޮރުމަތިން ނިކުންނަން އުޅުނު ޒުވާން އަންހެން ކުއްޖާގެ މޫނު ފެނުމުން ލައިހާން ނަޒަރު ގޮސް ހުއްޓުނީ އެޒުވާނާގެ ދެލޮލަށެވެ. އެޒުވާނާވެސް ލައިހާން ލޮލަށް ބަލާލިއެވެ. އަދި ދެތިންސިކުންތު ވަންދެން މިދެޒުވާނުން ކަޅިޖަހާވެސް ނުލާ ބަލަހައްޓައިގެން ތިއްބެވެ. އެހެން ހަތަރުކަޅި ހަމަކޮށްލައިގެން ތިއްބާ ނާޝިދު ލައިހާންގެ މޫނާއި ދިމާލަށް ފުއްޓަކި ޖަހަންފެށިއެވެ. ލައިހާން ސިއްސައިގެން ދިޔައެވެ. އަދި ލައިހާން ބުނެލިއެވެ. ކޮބާ! ކޮބާ!... ލައިހާން އެހެން ބުނުމުން ނާޝިދު ބުނެލިއެވެ. އޭތް! ލައިހާން އަހަރުމެން މިއަދު ކެފޭއަށްއައީ ދޮރުމައްޗައްތަ؟ ނޫނީ މަގުމައްޗައްތަ؟... ނާޝިދު އެހެން ބުނުމުން ލައިހާން ހީލިއެވެ. އަދި ބުނެލިއެވެ.

ނާޝިދު ސޮރީ އިނގޭ، ހިނގާދޯ އެތެރެއަށް. މިދެއެކުވެރިން ކެފޭގެ އެތެރެއަށް ވަނުމަށްފަހު ދެކޮފީއަށް އޯޑަރުކުރިއެވެ. އާއެކެވެ. މާކައްގިނައިރުތަކެއްނުވެއެވެ. އެވޭޓަރު ކޮފީ ގެނައެވެ. ނާޝިދު ކޮފީކޮޅެއް ބޯލާފައި ބުންޏެވެ. އޫމް! ހާދަމީރެވެ. އެހެންނަމަވެސް ލައިހާން އިނީ އެހެން ހިޔާލެއްގައި އެވެ. ނާޝިދު ކޮފީބޮމުން ސިނގިރޭޓެއް ރޯކޮއްލިއެވެ. އަދި ލައިހާން އާއި ދިމާލަށް ބަލާލިއިރު ލައިހާން އެހެން ދުވަސްތަކަށްވުރެ މާތަފާތުހެން ނާޝީދުއަށް ފާހަގަކުރެވުނެވެ. އަދި ނާޝިދު ލައިހާންއަށް ގޮވާލިއެވެ. ލައިހާން...ލައިހާން!..ލައިހާން ސިއްސައިގެންދިޔައެވެ. އަދި ކޮފީތަށީގައި އަތުންޖެހި ކޮފީތަށި ބަންޑުންވިއެވެ. އަދި ލައިހާން ބުނެލިއެވެ. ނާޝިދު ހިނގާ ގެއަށްދާން، މިއަދު އަހަރެން ކޮފީ ބޯހިތެއްނެތް..ލައިހާން ވޭޓަރަށް ގޮވާލިއެވެ. އަދި ކޮފީގެ ފައިސާ ދެއްކުމަށްފަހު ކެފޭން ނިކުތެވެ. އާއެކެވެ. ހަމަ ރަނގަޅަށްވެސް ލައިހާން ވަރަށް ސީރިއަސްއެވެ. މިކަން ނަޝީދުއަށް ފާހަގަކުރެވުނެވެ. އަދި ނާޝިދު މަޑުމަޑުން ލައިހާންއަށް ގޮވާލިއެވެ. ލައިހާން ތެދެއްބުނެފާނަންތަ؟ ލައިހާން ބުނެލިއެވެ. އާން! ނާޝިދު ބުނެލިއެވެ. އަނެއްކާ އެއްކަލަ އެއްކަލަ މިއަދު ކެފޭގެ ދޮރުމަތިން ދިމާވި އަންހެންކުއްޖާ މަތިން ހިޔާލްކުރެވެނީތަ؟ ނޫނީ ހަމައަސްލުވެސް އެ އަންހެންކުއްޖާ ކަމުދަނީތަ؟ ލައިހާން ނާޝިދުގެ ކޮނޑުމަތީ އަތްބާއްވާލަމުން ބުނެލިއެވެ. އާން! އާން ނާޝިދު! އަހަރެންނަށް އެ އަންހެންކުއްޖާ ވަރަށް ކަމުދޭ. ފުރަތަމަ ނަޒަރުންވެސް އެ އަންހެންކުއްޖާ އެ ލޯބިލޯބި ޒުވާނާ ވަރަށް ބޮޑަށް ކަމުގޮސްސި. އޭނާ! އެޒުވާނާ އެއަންހެންކުއްޖާ އަޅެ ދެން ކިހިނެއްތަ ހަދާނީވެސް! އެއަންހެންކުއްޖާ ހޯދަން. ލައިހާން މިހެން ބުނުމުން ނާޝިދު ބުނެލިއެވެ.

މަށައް ހީވަނީ އެއަންހެންކުއްޖާ މާދަމާވެސް އަންނާނެހެން އެ ކެފޭއަށް އަދި ނާޝިދު ބުނެލިއެވެ. ލައިހާން ދެން މާދަމާ އެ އަންހެން ކުއްޖާ ފެނޭތޯ ބަލާނީ. ލައިހާން ހީލިއެވެ. އަދި ބުނެލިއެވެ. ދެން މާދަމާ މެންދުރު ދޭއް ޖަހާއިރު އެ ކެފޭއަށް ދާންބޭނުން އިރާދަފުޅުކުރެއްވިއްޔާ. މާދަމާ އަހަރެން ދާނަން ނަޝީދުމެން ގެއަށް ނަޝީދު ބަލާ ތައްޔާރުވެގެން ހުންނާތި އޯކޭ. ލައިހާން މިހެންބުނުމުން ނާޝިދު ބޯޖަހާލިއެވެ. އަދި ބުނެލިއެވެ. މިކަން ކާމިޔާބުވާނެ. ލައިހާން އާއި ނާޝިދުގެއަށް އައެވެ. އަދި މިދެއެކުވެރިން ލެޕްޓޮޕް ހުޅުވިއެވެ. ލައިހާން ފޮޓޯފައިލް ބަލަން ފެށިއެވެ. ލައިހާން ހަޅޭއްލަވައިގަތެވެ. ނާޝިދު! ނާޝިދު-މި-މީނދީ! އެ! އަންހެންކުއްޖާގެ ފޮޓޯ ލައިހާން އެހެން ބުނުމުން ނާޝިދު ސިއްސައިގެން ދިޔައެވެ. އަދި ބުނެލިއެވެ. ކޮބާ! ކޮބާތަ؟ ލައިހާން؟ ބުނެލިއެވެ. މީނދީ އެ ޒުވާނާ. އެޒުވާނާގެ ފޮޓޯ އަލްހަމްދުލިއްލާހި-އާއެކެވެ. ލައިހާން އަށް އެޒުވާން އަންހެންކުއްޖާގެ މައުލޫމާތުވެސް ހޯދުނެވެ. ލީލް! ލީލް! ޑޮކްޓަރ ލީލް – ހޫން! ހަމަ ރަނގަޅަށްވެސް ލައިހާން ވަރަށް އުފާވިއެވެ. އަދި ބުނެލިއެވެ. ނާޝިދު! ކޮބާ! ކަމުދޭތަ؟ ނާޝިދު ބޯޖަހާލިއެވެ. އަދި ބުނެލިއެވެ. އާން! ކަމުދޭ - ވަރަށް ގުޅޭ! މާކައްގިނައިރުތަކެއް ނުވެއެވެ. ނާޝިދު ބުނެލިއެވެ. ލައިހާން! އަހަރެން ދެން މިދަނީ ގެއަށް.

އަހަރެންގެ މަންމަ ހުންނާނީ ލަސްވެފަ އާއެކެވެ. މިހާރު ގަޑިން ރޭގަނޑު އެގާރަ ޖަހާ ބޮޑުވީއެވެ. ނާޝިދު އެހެން ބުނުމުން ލައިހާން ބުނެލިއެވެ. ނާޝިދު ގެއަށް ލައިދޭން ދަންތަ؟ ލައިހާން އެހެން ބުނުމުން ނާޝިދު ހީލިއެވެ. އަދި ބުނެލިއެވެ. ލައިހާން އަހަރެން ޓެކްސީއެއްގައި ގެއަށް ހިނގައިދާނަން އެހެން ނޫނަސް މިހާރު ލައިހާން އަށް އެހާ އުނދަގޫ ކުރާކަށްވެސް ނުވާނެއެއްނު، އެނޫނަސް މާ ލަސްވެސް ވެއްޖެއެއްނުދޯ! ނާޝިދު އެހެން ބުނެފައި ލައިހާންގެ ކޮޓަރިން ނިކުތެވެ. އަދި ޓެކްސީއަކަށް ގުޅިއެވެ. އާއެކެވެ. މިހާރު ލައިހާން މާދަމާ ނުވެގެން އަމިއްލައަށް ޝަކުވާކުރަނީއެވެ. މާތް ﷲ އަށް ދުއާކުރަނީއެވެ. އަދި ލެޕްގައިން އެޒުވާން އަންހެންކުއްޖާއާއި ވާހަކަ ދައްކަނީއެވެ. އޭތް! ކަލާގެ ނަމަކީ ލީލްދޯ! ކަލާއަށް އިނގޭތަ ކަލާ އަހަރެންގެ ހިތް ކުޑަކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ތި އަތުލީ! ހާދަ ކުޅަދާނައޭދޯ! އާއެކެވެ. ލައިހާން ހަމަ ލީލްގެ ފޮޓޯ ގަނޑަށް ބަލަމުން ވާހަކަ ދައްކަނީއެވެ. ދެންވާނި ކިހިނެއް. ހޫން! ދަންވަރު ވެގެން ދިޔައިރުވެސް ލައިހާންއަކަށް ނޭނގުނެވެ. ހަމަ ރަނގަޅަށްވެސް ލައިހާން މިވަނީ އިޝްގުގަޖެހިފައިއެވެ. އާއެކެވެ. ލީލް ފެނުނު ފަހުން ލައިހާން ހަމަ ލީލް އާއި ބައްދަލު ކުރާހިތްވަނީއެވެ.

ލައިހާންގެ ހިތް ނުތަނަވަސްވަނީއެވެ. ލައިހާން އަކަށް ނުވެސް ނިދެއެވެ. މާކައްގިނައިރު ތަކެއްނުވެއެވެ. ލައިހާންއަށް އިވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. އެހެންކަމުން ލައިހާން އަވަސްވެގަތީ މިސްކިތަށް ނަމާދު ކުރަންދާށެވެ. އެހެންކަމުން ލައިހާން އޭނާގެ ލެޕް ލައްޕާލިއެވެ. އަދި އޭނާ މިސްރާބު ޖެހީ މިސްކިތާ ދިމާލަށެވެ. އާއެކެވެ. ލައިހާން ފަތިސް ނަމާދު ކުރުމަށްފަހު އޭނާގެ ގެއަށް އައެވެ. އަދި ފެންފޮދެއް ބޯލިމަށްފަހު ކޮޓަރިއަށްވަނެވެ. އަނެއްކާވެސް ވާނެގޮތެއް އިނގޭތަ؟ ލައިހާން ނާޝިދުއަށް ގުޅިއެވެ. އެހެން ނަމަވެސް ނާޝިދުގެ ފޯން ނިއްވާލާފައެވެ. އާއެކެވެ. މިއަދަކީ ލައިހާންއަށް ވަރަށް ދިގު ދުވަހަކަށްވީ ދުވަހެކެވެ. އެއީ ކީއްވެގެންކަން އިނގޭތަ؟ އާން! ލީލް ގެ ޙިޔާލުތަކުގައިއެވެ. ލައިހާން އިރުއިރު ކޮޅަކާއި ގަޑިއަށް ބަލާލައެވެ. އަދި ބޭއިޙްތިޔާރުގައި ބުނެވުނެވެ. އަޅެ އަވަހަށް 2 ޖަހާބަލަ...ވަގުތު ހޭދަވަމުން ދެއެވެ. އެއީ ކޮންވަގުތެއްކަން އިނގޭތަ؟ އާން! ލީލްދޯ!...އާއެކެވެ. މިހާރު ގަޑިން މެންދުރު 1 ޖެހީއެވެ. ލައިހާން އަވަސް އަވަހަށް ފާހަނާއަށްވަނެވެ. އަދި ފުރެޝް ވެލުމަށްފަހު އޭނާ އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ.

އެއްގަޑި ބައިވަނީއެވެ. ލައިހާން އަވަސް އަވަހަށް ނާޝިދުއަށް ގުޅަން އުޅެނިކޮށް އޭނާގެ ފޯނު ވެއްޓުނެވެ. ދެންވާނެ ގޮތެއް އިނގޭތަ؟ އަޅެ އަވަސްކުރަން އުޅެންޏާވާނީ ލަސް، އަނެއްކާވެސް ލައިހާން އޭނާގެ ފޯނުނެގިއެވެ. އަދި އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ ނާޝިދުއަށް ގުޅިއެވެ. އަދި ކޮފީއަކަށްދާން ނިންމިއެވެ. އާއެކެވެ. މިހާރުވެސް ލައިހާންގެ ހިތް ތެޅެނީއެވެ. އެއީ ކީއްވެގެންކަން އިނގޭތަ؟ އާން! ކެފޭއަށްދާ ވަގުތު ކައިރިވާ ވަރަކަށްދޯ. ލައިހާން އޭނާގެ ކާރަށް އެރިއެވެ. އަދި އިރުއިރު ކޮޅާ ގަޑިއަށް ބަލާލައެވެ. އާއެކެވެ. ނާޝިދު ހުރީ އޭނާގެ ގޭދޮރުމަތީގައެވެ. ލައިހާން ކާރުމަޑުކުރުމުން ނާޝިދު ކާރަށް އެރިއެވެ. އަދި ނާޝިދު ލައިހާން އާއި ދިމާލަށް ބުނެލިއެވެ. ލައިހާން ހާދަހާސްވެފައި، ނާޝިދު ލައިހާން އާއި ދިމާލަށް އެހެން ބުނުމުން ލައިހާން ބުނެލިއެވެ. އާން! ހާސްވާނެއެއްނު، މިއަދު އެޒުވާނާ އެ އަންހެން ކުއްޖާ ފެންނާނެތަ. މިއަދު ލައިހާން އެހެން ބުނުމުން ނާޝިދު ބުނެލިއެވެ. އިރާދަފުޅުކުރެއްވިއްޔާ ފެންނާނެ. މާކައް ގިނައިރުތަކެއް ނުވެއެވެ. ކާރުގޮސް ހުއްޓުނީ ކެފޭގެ ދޮރު މައްޗަށެވެ.

ލައިހާން އޭނާގެ ގަޑިއަށް ބަލާލިއެވެ. 2 ޖަހަން 7 މިނެޓު އެބަހުއްޓެވެ. އެހެން ކަމުން ލައިހާން ވަރަށް އުފާވިއެވެ. އެއީ ކީއްވެގެންކަން އިނގޭތަ؟ ލީލް ކެފޭއަށް އަންނާނެ ކަމަށެވެ. ލައިހާން އާއި ނާޝިދު ކެފޭގެ އެތެރެއަށްވަނެވެ. އަދި މުޅި ކެފޭގެ އެތެރެއަށް ބަލާލިއެވެ. ކެފޭގެއެތެރެ ވަނީ ފުރިފައެވެ. ލައިހާން އާއި ނާޝިދު މޭޒެއް ހުސްވަންދެން ކޮޅަށް ހުއްޓެވެ. އާއެކެވެ. ލައިހާން ހަމަ އިރުއިރުކޮޅާއި ގަޑިއަށް ބަލާލައެވެ. ވަގުތު ހަމަ ހޭދަވަމުން ދެއެވެ. މާކައްގިނައިރުތަކެއް ނުވެއެވެ. މޭޒެއް ހުސްވުމުން ލައިހާން އާއި ނާޝިދު އިޝީނެވެ. އަދި 2 ކޮފީއަށް އޯޑަރުކުރިއެވެ. ނާޝިދު ކޮފީ ބޮއެ ނިމުނުއިރުވެސް ލައިހާން އަދި އެންމެ ކޮފީކޮޅެއްވެސް ނުބޮއެވެ. ލައިހާންގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ކެފޭގެ ދޮރުމައްޗަށެވެ. ލީލް އާދޭތޯއެވެ. އޭނާގެ އިންތިޒާރުގައިއެވެ. ދެކެލާހިތުންނެވެ. ބައްދަލު ކޮއްލާ ހިތުންނެވެ. އެހެން ނަމަވެސް ކީއްކުރާނީދޯ ލީލް އެއް މިއަދަކު ކެފޭއަކަށް ނާދެއެވެ. ވަގުތު ހަމަ ހޭދަވަމުންދެއެވެ. މިހާރު ގަޑިން ހަވީރު 5 ޖެހީއެވެ. ލައިހާންގެ އިންތިޒާރު ކޮޅުންލީއެވެ. އެހެން ނަމަވެސް ލައިހާންގެ ހިތް ބުނެއެވެ.

އާން...އިރާދަފުޅުކުރެއްވިއްޔާ އަދި އަހަންނަށް ލީލް ފެންނާއެވެ. ކޮންމެވެސް ތާކުން އާއެކެވެ. ލައިހާން ވަރަށް ދެރަ ވެއްޖެއެވެ. އެނާ އެކުރި ދިގު އިންތިޒާރުންނެވެ. ލައިހާން އެންމެ ނަޒަރަކުން ލީލް ދެކެ ހަގީގީ ލޯބިވެވިއްޖެއެވެ. އަދިވެސް ލައިހާން އަށް ބެލެނީ ކެފޭގެ ދޮރުމައްޗާއި ދިމާލަށެވެ. މިކަމާއި ނާޝިދު ލައިހާން އަށް ގޮވާލިއެވެ. ލައިހާން ދެން ހިނގާ ދަމާދޯ، މިހާރު އެއޮށް 6 ޖަހަނީ، ނާޝިދު އެހެން ބުނުމުން ލައިހާން ބުނެލިއެވެ. އަހަރެން މިކުރި ދިގު އިންތިޒާރުގެ އަނެއްކާ ލައިހާންގެ ބަސްހުއްޓުނެވެ. އަދި އޭނާ އިސްޖަހާލިއެވެ. މިމަންޒަރު ނާޝިދުއަށް ފެނުމުން ނާޝިދު ވަރަށް ދެރަވިއެވެ. އަދި އޭނާ ބުނެލިއެވެ. އިރާދަފުޅުކުރެއްވިއްޔާ ދެން އަންނާނީ މާދަމާ އާއެކެވެ. ހަމަ ރަނގަޅަށްވެސް ލައިހާންއަށް ރޮވިއްޖެއެވެ. އަދި ލައިހާން ބުނެލިއެވެ. ނާޝިދު! އަހަރެން، އަހަރެން، އާއެކެވެ. ހަމަ ރަނގަޅަށްވެސް ލައިހާންގެ ބަސް ހުއްޓުނެވެ. މިމަންޒަރު ނާޝިދުއަށް ފެނުމުން ނާޝިދު ވަރަށް ދެރަވިއެވެ. އަދި ބުނެލިއެވެ. ލައިހާން މިއަދު ކަންތައް މިވީގޮތުން އަހަރެންވެސް ވަރަށް ދެރަވެއްޖެ، އެކަމަކު ދެން ހިނގާ ގެއަށްދަމާ، ނާޝިދު އެހެން ބުނުމުން ލައިހާން އޭނާގެ ގަޑިއަށް ބަލާލިއެވެ. 8 ޖަހަނީއެވެ. ރޭގަނޑުވީއެވެ.

އެހެންކަމުން ލައިހާން ގޮނޑިން ތެދުވަމުން ބުނެލިއެވެ. ނާޝިދު އަހަރެންގެ ބޮލުގައި ވަރަށް ބޮޑަށް އެބަ ރިއްސާ، ލައިހާން އެހެން ބުނުމުން ނާޝިދު ލައިހާންގެ ނިއްކުރީގައި އަތްޖައްސާލިއެވެ. އަދި ބުނެލިއެވެ. ލައިހާން ވަރަށް ހޫނު ތިހިރީ ހުން އައިސް. އަދި ނާޝިދު ބުނެލިއެވެ. ހިނގާ ޑޮކްޓަރަށް ދަމާ، ދެންވާނެގޮތެއްއިނގޭތަ؟ އާއްމު ބަލިތަކާއި ބެހޭ ޑޮކްޓަރެއްގެ މެމޯ ނާޝިދު ހެއްދިއެވެ. އާއެކެވެ. މިވެސް އިއްތިފާގެކެވެ. ލައިހާން ނަންބަރު އެރުމުން ލައިހާން ތެދުވިއެވެ. އަދި ޑަކްޓަރު ކޮޓަރީގައި ޓަކިޖެހުމަށްފަހު ދޮރު ހުޅުވާލިއެވެ. ކަމަކުދާކަށްނެތެވެ. އެއީ ލީލްއެވެ. ލައިހާން ކަޅިޖަހާނުލާ ބަލަން ހުއްޓެވެ. ހުއްޓިފައެވެ. ޑޮކްޓަރު ލީލް ޕޭޝަންޓަށް ގޮވާލުމުން ޕޭޝަންޓް ލައިހާން އަލްހަމްދުލިއްލާހި އޭ ބުނުމުށްފަހު ލީލް ލީލް އޭކިޔާ ގޮވާލިއެވެ. ޑޮކްޓަރު ލީލް ހިނިތުންވެލިއެވެ. އަދި ބުނެލިއެވެ. ދަންނަންތަ؟...ލައިހާން އޭނާގެ ބޯހޫރުވާލިއެވެ. އަދި ހިނިތުން ވެލިއެވެ. އަދިވެސް ލައިހާން ހުރީ ލީލްގެ މޫނަށް ގެއްލިފައެވެ. އެހެން ނަމަވެސް ލީލްއަކަށް މިކަމެއް އެހާ ބޮޑަކަށް ފާހަގައެއް ނުކުރެވުނެވެ.

ޑޮކްޓަރު ލީލް ޕޭޝަންޓަށް ގޮވާލިއެވެ. އާދޭ! އިށީންދެ – އަދި ލީލް ލައިހާން ކައިރި ބުނެލިއެވެ. ކިހިނެތްވަނީ ލައިހާން ހަމަ ކަޅިވެސް ޖަހާނުލާ ބުނެލިއެވެ. އަހަރެންގެ ބޮލުގައި ރިއްސާފަ ހުންއައީ. ލީލް ލައިހާންގެ މޭގައި ކަށިގަނޑު ޖައްސާލިއެވެ. ކަމަކުދާކަށްނެތެވެ. ޑަން ޑަން ޑަން ލާފައި މޭ ހިތް ވަރަށް ބާރަށް ވަރަށް އަވަސް އަވަހަށް ތެޅޭއަޑު ލީލްއަށް އިވުނެވެ. އެހެންކަމުން ލީލް ލައިހާންއާއި ސުވާލުކުރިއެވެ. ކިހާދުވަހެއްވެއްޖެ ހުން އަންނަތާ - ލައިހާން ބުނެލިއެވެ. މިއަދު، އެއީވެސް ކުއްޖެއްގެ އިންތިޒާރުގައި މާގިނައިރު ވަންދެން ހުރީމާ އެހެން ލައިހާން ބުނުމުން ލީލް ވަރަށް ހައިރާންވިއެވެ. އަދި ސުވާލުކުރިއެވެ. އެއީ އަނެއްކާ ކާކުގެ އިންތިޒާރެއް. ލީލް! ލީލްގެ އިންތިޒާރު. ތިބުނީ އަހަރެންގެ ވާހަކަތަ؟ ލައިހާން ބުނެލިއެވެ. އާން ތި ޑޮކްޓަރ ލީލްގެ ވާހަކަ މިބުނީ. ލީލް ހަމަރަނގަޅަށްވެސް އަހަރެންނަށް ލީލްދެކެ ލޯބިވެވިއްޖެ. ހަޤީޤީ ލޯބި – އެންމެ ފުރަތަމަ ނަޒަރުން އަދި ލައިހާން ބުނެލިއެވެ. ލީލް އަހަރެންގެ ބޭސްގުޅުއަކީ ފަރުވާއަކީ ލީލްގެ ލޯބި އާއެކެވެ. ހަމަ ރަނގަޅަށްވެސް ލައިހާން އަށް ރޮވިއްޖެއެވެ.

މިކަމާއި ލީލް ވަރަށް ދެރަވިއެވެ. އަދި ބުނެލިއެވެ. ލައިހާން އަށް އަހަރެން ވިސްނަން ކުޑަވަގުތުކޮޅެއްދީ ލީލް އެހެން ބުނުމުން ލައިހާން ވަރަށް އުފާވިއެވެ. އަދި ބޭރުގައި މަޑުކޮށްލަމޭ ކިޔާފައި ގޮނޑިން ތެދުވަމުން ލައިހާން ލީލް އާއި ސަލާންކޮށްލިއެވެ. އާއެކެވެ. އެވަގުތު ލީލްގެ ދެލޯމަރާލިއެވެ. އެއީކީއްވެގެންކަން އިނގޭތަ؟ އެއީ ލީލް އަށްވެސް އޮހޯ...ހަމަ އެންމެ ނަޒަރަކުން އެހެން ނަމަވެސް އަދި އެކަމެއް ލީލް ލައިހާން އަކަށް ނުދައްކައެވެ. މާކަށް ގިނައިރު ތަކެއް ނުވެއެވެ. ލައިހާން ލީލްގެ މޫނާއި ދިމާލަށް ބަލަމުން ބަލަމުން ދަނިކޮށް ކޮޓަރި ދޮރުގައި ލައިހާންގެ ނިތްކުރި ވަރަށް ބާރަށް ޖެހުނެވެ.

އެހެން ނަމަވެސް ލައިހާންއަކަށް ތަދު އިހްސާސްއެއްނުވެއެވެ. ލައިހާން ޑޮކްޓަރ ލީލްގެ ކޮޓަރިން ނިކުތީ ހެވިދިލިފައެވެ. އެހެންކަމުން ނާޝިދު ވަރަށް ހައިރާންވިއެވެ. އަދި ލައިހާން ގާތު އަހާލިއެވެ. އަނެއްކާ ކިހިނެތްވީ؟ ނާޝިދު އެހެން ބުނުމުން ލައިހާން ބުނެލިއެވެ. ލީލް. އެއްކަލަ އަންހެން ކުއްޖާ އަހަރެންގެ... މިވަރުން ނާޝިދުއަށޤ އެނގިއްޖެއެވެ. މިކަމާއި ނާޝިދު ވަރަށް އުފާވިއެވެ. އަދި ބުނެލިއެވެ. ލައިހާން! ހިނގާ ލީލްގެ ފޯނު ނަންބަރު ހޯދަން. އެހެން ނާޝިދު ބުނުމުން ލައިހާން ހިނިތުން ވެލިއެވެ. އަދި ބުނެލިއެވެ. އަހަރެން ލީލްދެކެ ލޯބިވާ ވާހަކަ ބުނެފިން އެކަމަކު އަދި ލީލްގެ ޖަވާބެއް ނުލިބޭ – ހަމަ އެކަނި ބުނިހާވެސް އެއްޗަކީ އަދި ކުޑައިރު ކޮޅެއްވަންދެން މަޑުކޮށްލާޝޭ. އާއެކެވެ. ލީލްވެސް ލައިހާން އާއި ދޭތެރޭ ވިސްނަން ފަށައިފިއެވެ. އަދި ހިތާހިތުން ބުނެލިއެވެ. އަނެއްކާ އެއީ ރަނގަޅު އިންސާނެއްބާ. އެކަމަކު މިކަން ކުރަން ރަނގަޅުބާ! ލީލްވެސް ލައިހާން އާއި ދޭތެރޭ ވިސްނާފަ ހިތާހިތުން ބުނެލިއެވެ. އާން! މީރަނގަޅު ކަމެއްކުރަން އަހަރެންގެ މަންމަވެސް ބޭނުންވަނީ އަހަރެން އަވަހަށް މީހަކާ އިންނަ ދުވަސް ދެކެން. ލީލް ވަރަށް ބޮޑަށް ވިސްނާފަ ލައިހާން އަށް ގޮވާލިއެވެ. އަދި ލީލް ބުނެލިއެވެ. ލައިހާން އަހަރެންގެ ޖަވާބަކީ އާއެކޭ! ލީލް އެހެން ބުނުމުން ލައިހާން ބުނެލިއެވެ. އަލްހަމްދުލިއްލާހި އާއެކެވެ. މިހާރު ލީލްއާއި ލައިހާންމީ ދެލޯބިވެރިންނެވެ. ދުވަސްތައް ހޭދަވަމުން ދެއެވެ. އެއްދުވަހެއްގެ ހަވީރު ވަގުތެކެވެ. ލީލް ލައިހާންއަށް ގުޅިއެވެ. އަދި ބުނެލިއެވެ. ލައިހާން އަހަރެންގެ މަންމަ ލައިހާންއާއި ބައްދަލުކުރަން ބޭނުންވޭ ސައެއްވެސް ހަދާފަހުރީ ލައިހާންއަށް. މިކަމާއި ލައިހާން ވަރަށް އުފާވިއެވެ. އަދި ބުނެލިއެވެ. އާން. ކުޑައިރުކޮޅެއްވާނެ. މާކަށްގިނަ ވާހަކަތަކެއް ނުދައްކައެވެ. ލައިހާން ފޯނުބޭއްވިއެވެ. އަދި ލީލްމެންގެއަށް ދިއުމަށްޓަކައި ތައްޔާރުވެލުމަށް ފަހު އޭނާގެ ކާރަށް އެރިއެވެ. އަދި ކާރުދުއްވާލިއެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން ލީލްއަށް އިވުނީ ގޭގެ ބެލްޖެހިއަޑެވެ. އަދި ވަރަށް އުފަލުންގޮސް ދޮރުހުޅުވިއެވެ. އާއެކެވެ، އެއީ ލައިހާންއެވެ. ލީލް ވަރަށް އުފާވިއެވެ. އަދި ބުނެލިއެވެ. ލައިހާން އާދޭ އެތެރެއަށް. އަދި ލީލް ބުނެލިއެވެ. މަންމާ! މީ ލައިހާން. ލީލްގެ މަންމަ ބުނެލިއެވެ. ލައިހާން ހިނގާދޯ ސައިބޯން. މިއަދު ލައިހާންއަށް ސައިހަދައިގެން މިއުޅެނީ. ލީލްގެ މަންމަ އެހެން ބުނުމުން ލައިހާން ވަރަށް އުފާވިއެވެ. އަދި ސައިބޯން އިނދެފައި ލައިހާން ބުނެލިއެވެ. ހުރިހާ އެއްޗެއްވެސް ވަރަށް މީރު – އެހެން ލައިހާން ބުނުމުން ލީލްގެ މަންމަ ބުނެލިއެވެ. ޝުކުރިއްޔާ. މީ ލީލް ހަދާދައިހުރި ސައިބޯ އެއްޗެތި. މާކައްގިނައިރު ތަކެއް ނުވެއެވެ. ސައިބޮއެވެސް ނިމުނީއެވެ. އަދި ލީލްގެ މަންމަ ލައިހާންއަށް ދުފަން ދެމުން ބުނެލިއެވެ. ލައިހާން ކޮން މަސައްކަތެއްކުރަނީ. ލައިހާން ބުނެލިއެވެ. ވިޔަފާރި އަދި އަހަރެންމީ މާލެ މީހެއް. ގޭގައި އުޅެނީ އަހަރެން އެކަނި މަންމަ އާއި ބައްޕަވަނީ ނިޔާވެފައި. ލައިހާން އެހެން ބުނުމުން ލީލްގެ މަންމަ ވަރަށް ދެރަވިއެވެ. އަދި ބުނެލިއެވެ. މީވެސް ހަމަ ލައިހާންގެ މަންމައެކޭ. ދެން ކޮންދުވަހަކުންތަ ލީލްއާއި ކައިވެނިކުރަނީ މަންމަ ވަރަށް ޤަބޫލް. ލީލްގެ މަންމަ އެހެން ބުނުމުން ލައިހާން ވަރަށް އުފާވިއެވެ. އަދި ބުނެލިއެވެ. ދެން ކައިވެނިވެސް ކުރަންވީ. ލައިހާން އެހެން ބުނުމުން ލީލްވެސް ވަރަށް އުފާވިއެވެ. އަދި މާކައްގިނަ ވާހަކަތަކެއް ނުދައްކާ ލައިހާން ލީލް ކައިރި ބުނެލިއެވެ. ދެންދަނީ. ލީލްގެ މަންމަ ވަރަށް ބޮޑަށް ޝުކުރިއްޔާ – އާއެކެވެ. ހަމަ ރަނގަޅައްވެސް ލައިހާން ވަރަށް އުފާވިއެވެ. އަދި ގެއަށް ވަދެފައި ނާޝިދުއަށް ގުޅިއެވެ.

މިވާހަކަތަށް އަޑު އަހާފަ ނާޝިދުވެސް ވަރަށް އުފާވިއެވެ. ވަގުތު ހޭދަވަމުން ދެއެވެ. ލައިހާން ލީލްއަށް ފޯންކުރިއެވެ. އަދި ބުނެލިއެވެ. ލީލް! ލިލްގެ މަންމަ ހާދަ ރަނގަޅޭ! ހިނގާދޯ ދެމީހުން އަވަހަށް ކައިވެނި ކުރަން. ލައިހާން އެހެން ބުނުމުން ލީލް ބުނެލިއެވެ. ލައިހާން! އަހަރެން އެހަށް މެލޭޝިއާއަށް ގޮސްލަންދެން އެހަށް މަޑުކޮށްލާ. ލީލް އެހެން ބުނުމުން ލައިހާން ބުނެލިއެވެ. އެކަނިތަ ދަނީ އަނެއްކާވެސް ލީލް ބުނެލިއެވެ. އާން! އެކަނިދަނީ އެހާގިނަދުވަހެއްނުވާނެ. އަހަރެންނަށް އިތުބާރުކުރޭ. ލީލް އެހެން ބުނުމުން ލައިހާން ވަރަށް ދެރަވިއެވެ. އެހެން ނަމަވެސް ލައިހާން ދެރަވިކަން ލީލްއަކަށް ނާންގައެވެ. ލައިހާން ހިނިތުންވެލިއެވެ. އަދި ބުނެލިއެވެ. ލީލް! ކޮންދުވަހަކުންތަ ފުރަނީ. ލީލް ބުނެލިއެވެ. އަދި 7ދުވަސް ފަހުން. ލައިހާން އެހާ ޝަކުވާތަކެއް ނުކުރެއެވެ. އަދި ލީލް ކައިރި ބުނެލިއެވެ. ލީލް އަވަހަށް އަންނައްޗޭ. އަހަރެން އިންތިޒާރުކުރާނަން. މާކައްގިނަ ވާހަކަ ތަކެއް ނުދައްކައެވެ. ލީލް ފޯންކަނޑާލިއެވެ. އާއެކެވެ. ލީލް އެހެން ބުނުމުން ލައިހާންގެ މޭތެޅެނީއެވެ.

ހިތުގެ ވިންދު އަވަސްވަނީއެވެ. އެހެންކަމުން ލައިހާން އޭނާގެ އެންމެގާތް އެކުވެރިއެއް ކަމަށްވާ ނާޝިދުއަށް ގުޅިއެވެ. އަދި ހުރިހާ ވާހަކައެއް ނާޝިދުއަށް ކިޔައިދިނެވެ. އެހެން ކަމުން ނާޝިދު ބުނެލިއެވެ. ލައިހާން އެހާ ދެރަނުވޭ. ހުރިހާކަމެއްވެސް ރަނގަޅުވާނެ. ދުވަސްތައް ހޭދަވަމުން ދެއެވެ. މިއަދުމީ ލީލް މެލޭޝިޔާއަށް ފުރާދުވަހެވެ. އެހެން ކަމުން ލައިހާން ވަރަށް ފަތިހާ ހޭލައިގެން ނަމާދުކޮށްލުމަށްފަހު ލީލްއަށް ގުޅިއެވެ. ލީލް ފޯނުނެގިއެވެ. އަދި ބުނެލިއެވެ. މިއުޅެނީ އެއާރޕޯރޓަށްދާން. ލައިހާން ހިތްހެޔޮކުރާތި. ލީލް އެހެން ބުނެފައި ފޯން ކަނޑާލިއެވެ. އަދި މާކަށްގިނައިރު ތަކެއްނުވެ މެލޭޝިޔާއަށް ފުރައިގެން ދިޔައެވެ. ދުވަސްތައް ހޭދަވަމުން ދެއެވެ. ލީލްގެ ޙަބަރެއްނުވެއެވެ. އެއްއަހަރުވީ އެވެ. މިކަމާއި ލައިހާން ވަރަށް ދެރަވިއެވެ. އަދި އޭނާގެ ފޮތް ލައްޕާލަމުން ބުނެލިއެވެ. އާން! އަހަރެންނަށް ވެސް ލޯބިވެވިއްޖެއެވެ.

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ޝިޔާނާ އަބްދުﷲ އަނޯނާގެ، ރ.މީދޫ އެވެ. ވާހަކަ ހުށައަޅާދިނީ ބަދުރުއްސަލާމް އާދަމް،ކުދެހިމާގެ/ހއ.ކެލާ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 23 ރަމަޟާން 1442 އެވެ.