ޚަބަރު

ޑިފެންސް މިނިސްޓަރ ޗައިނާގެ ނޭވީ ކޮމާންޑަރާ ބައްދަލުކުރައްވައިފި


ޗައިނާ ސިފައިންގެ ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޓީގެ މެންބަރު އަދި ނޭވީ ކޮމާންޑަރ ވު ޝެންގްލީ މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައި ޗައިނާއާއި ރާއްޖެއާ ދެމެދު އިޖްތިމާއީ އަދި އަސްކަރީ ގުޅުން ވަރުގަދަ ކުރެއްވުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.ވު ޝެންގްލީވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ޗައިނާގެ ކުންފުނިތަކަކީ ޤާބިލު ކުންފުނިތަކެއްކަން ފާހަގަކުރައްވާފައިވެއެވެ.ޝެންގްލީ މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމާވެސް ބައްދަލުކުރައްވާ އަސްކަރީ ގުޅުން ބަދަހި ކުރުމާ، އަސްކަރީ ތަމްރީން ހިއްސާ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.ޗައިނާ ސިފައިންގެ ނޭވީގެ ވެރިޔާ ބަންޑާރަ ކޮށްޓަށް ޒިޔާރަތް ކުރެއްވުމުން ސިފައިންވަނީ އެމަނިކުފާނަށް އޮނަރގާޑެއް އަރުވާފައެވެ. އަދި ޝެންގްލީ މިއަދުވަނީ ޝަހީދުންގެ ބިނާއަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވާފައެވެ.ޝެންގްލީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަދުވަހުއެވެ.