ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 11އަށް އަރައިފި


އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

އައްޑޫއިން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރައްތަކުގައި ތެރެއިން ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިން ބަޔަކާއި ފޭދޫ މީހެއް ކަމަށެވެ. އެގޮތުން މިކޭސްތަކުގެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ފޭދޫ މީހާއެވެ. އޭނާ ޕޮޒިޓިވްވުމަށްފަހު، ހިތަދޫއިން އިތުރު މީހަކު ފްލޫ ކްލިނިކަށް ދައްކާ ޕޮޒިޓިވްވިއެވެ.

ހިތަދޫއިން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 36 މީހެއް ފާހަގަކުރެވިފައިވެއެވެ. މީގެތެރެއިން 7 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މީގެ އިތުރުން 2 މީހަކު ފުރަބަނދު ސާމްޕަލްއިންވެސް ހިތަދޫގައި ޕޮޒިޓިވްވެފައިވާކަން ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން، ހުޅުދޫ-މީދޫ ފްލޫ ކްލިނިކަށް ދިޔަ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓަރގައި މިހާތަނަށް 73 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނުއިރު، އޭގެ ތެރެއިން 14 ފަރާތެއް ވަނީ ޕޮޒިޓިވް ވެފައެވެ.

މިކޭސްތަކާއި ގުޅިގެން މުޅި އައްޑޫ ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އައްޑޫ މޮނީޓަރިންއަށްލުމަށްފަހު، ސިޓީ ކައުންސިލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.