ވިޔަފާރި

އެލައިޑުން މާލޭގައި އައު ކަސްޓަމަރ ސާވިސް އޮފީހެއް ހުޅުވައިފި


އެލައިޑް އިންޝުއަރެންސް ކުންފުނީގެ އައު ކަސްޓަމަރ ސާވިސްއޮފީހެއް، އަމީރު އަހުމަދު މަގުގައި ހުޅުވައިފިއެވެ.ވެލާނާގެ ކައިރީ އޯކިޑް ބިލްޑިންގ ގައި ހުޅުވި މިއޮފީހުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ އެކުންފުނީގެ ޖެނެރަލް އިންޝުއަރެންސް ޚިދުމަތާއި ލައިފް އިންއިންޝުއަރެންސް ޚިދުމަތެވެ. ކުންފުނީގެ ޖެނެރަލް މެނޭޖަރ އިޔާޒް މުހައްމަދު ވިދާޅުވީ، އާ ކަސްޓަމަރ ސާވިސް އޮފީސް، ވެލާނާގެ ހިމެނޭ ސަރަހައްދުގައި ހުޅުވުމަށް އިސްކަންދިނީ އެސަރަހައްދަކީ ސަރުކާރުގެ އޮފީސްތައް ގިނަ ސަރަހައްދަކަށް ވެފައި ގިނައަދަދެއްގެ އާންމުން، އެކި ޚިދުމަތްތައް ހޯދުމަށް އަންނަ ސަރަހައްދަކަށް ވުމުން ކަމަށެވެ. އަދި މިއީ އެކުންފުނީގެ އޮފީހެއް ގްރައުންޑް ފްލޯގައި ހުޅުވުނު ފުރަތަމަ ފަހަރުކަންވެސް އިޔާޒް ފާހަގަ ކުރެއްވިއެވެ.މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އައު އޮފީސް ހުޅުއްވައި ދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރެވެ.އެލައިޑް އިންޝުއަރެންސް ކުންފުނިން ދެމުންގެންދާ ޚިދުމަތްތަށް އަވަސްކަމާއިއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، މި އޮފީހުގައި ހިދުމަތްދޭ 6 ކައުންޓަރ ބަހައްޓާފައިވެއެވެ.