ވިޔަފާރި

މިމަހު 15 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްއިން ހިދުމަތްދޭނީ ހަފްތާއަކު 2 ދުވަހު


މިމަހުގެ 15 ވަނަ ދުވަހާއި ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހަފްތާއަކު 2 ދުވަހުކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ބީއެމްއެލްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅިވިފައި ހުންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށްކަމަށެވެ.

ބޭންކުން ޙިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނެސްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ އުސޫލޫތަކާއި އެމް.އެމް.އޭގެ އިއުލާނާއި އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ޙިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނައި ނަމަވެސް އަސާސީ ހިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯދުމަށް އަންނައިރު ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް ބީއެމްއެލްއިން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް އައުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކުރުމަށްވެސް ބޭންކުން ވަނީ އެދިފައެވެ. އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތްވެސް ބީއެމްއެލްއިން މިހާރު ދެނީ އެޕޮއިންޓްމަންޓަށެވެ.