ސިއްހަތު

ކުނި ނައްތާލުމުގެ ގައުމީ ސިޔާސަތުގެ ދެލިކޮޕީއެއް އެކުލަވާލަނީ


ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.މިކަމާއި ގުޅޭ މުއައްސަސާތަކުގެ އިސްބޭފުޅުންނާ ހިއްސާކޮށް މަޝްވަރާ ހޯދުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމުގެ ޤައުމީ ސިޔާސަތުގެ ދެލިކޮޕީއެއް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ. އަދި އެ ސިޔާސަތު ފައިނަލް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބޭފުޅުންނާއި ހިއްސާ ކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.އެ ބައްދަލުވުންތަކުން ފައިނަލްކުރެވޭ ކަރުދާހުގެ މައްޗަށް ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލައި، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުން ހިމެނޭގޮތަށް ބޭފުޅުން ބައިވެރިކޮށްގެން މިމަހު ފަހުކޮޅު ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ހެޔޮގޮތުގައި ނައްތާލެވޭނެ ގޮތްތައް ކިޔައިދޭނެ ކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުން އުކާލެވޭ ކުނި ނައްތާލުމުގެ ކުރިން ވިސްނަންޖެހޭ ކަމަށް. ހަމައެހެންމެ އެފަދަ ކުންޏަކީ އެހެންކުނިތަކާއި ތަފާތު ގޮތަކަށް އަންދާ ނައްތާލަންޖެހޭ ކުނިތަކެއް ކަމުން އެގޮތައް ނައްތާލުމުން ގިނަ ބަލިތަކަކުން މުޖުތަމައުގެ ފަރުދުން ސަލާމަތްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމުގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ކުރަމުންދަނީ ޑަބްލިޔުއެޗްއޯގެ އެހީއާއެކުއެވެ.