ދުނިޔޭގެ ވިޔަފާރި

ވެނެޒުއޭލާގައި މުސާރަ ބޮޑުވިޔަސް ވާކަމެއް ނެތް!


ވެނިޒުއެލާގެ އާންމުންގެ މުސާރަ ތިންގުނައަށް އިތުރުވެފައިވީ ނަމަވެސް އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު އުފުލުމާއި ގުޅިގެން އެ މުސާރައިން ކާބޯތަކެތި ގަތުމަށް ދަތިވެއްޖެއެވެ.

ވެނެޒުއޭލާގެ އިންފްލޭޝަން މައްޗަށް ގޮސް، ފައިސާގެ އަގު ވެއްޓިފައިވާއިރު އެޤައުމުގެ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ މުސާރަ ވަނީ 2.5 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

އެއްދުވަސްވަރެއްގައި ތެޔޮ ނަގައިގެން މުއްސަނދިވެފައިވާ މި ޤައުމުގައި ހައިޕަރ އިންފްލޭޝަން އޮންނަތާ 4 އަހަރު އަދި އިޤްޠިޞާދު ކުރިނާރާތާވެސް މިހާރުވަނީ 8 އަހަރު ވެފައެވެ. އެހެންކަމުން ވެނިޒުއޭލާގެ އިޤްޠިޞާދު ވަނީ މިއިން ޒަމާނެއްގައިވެސް ހީނަރުނުވާވަރަށް ހީނަރުވެފައެވެ. އަދި އިންފްލޭޝަން ގޯސްވެގެންގޮސް އެ ޤައުމުގެ އިޤްޠިޞާދު މިހާރު ހިނގަނީ ޑޮލަރަށް ބަރޯސާވެގެންނެވެ.

ވެނެޒުއޭލާގެ އިޤްތިޞާދު ހީނަރުވެފައިވާއިރު އެޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަށް އެމެރިކާއިން ވަނީ އިޤްޠިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ރައީސް ނިކޮލަސްއަކީ ޤާނޫނީގޮތުން އައިސް ހުރި ރައީސެއްނޫން ކަމަށްބުނެ އިސްޠިޢުފާދެއްވުމަށްވެސް ދަނީ މަޖްބޫރުކުރަމުންނެވެ.