މުނިފޫހިފިލުވުން

ނޭހާ ކައްކަރު އިންޑިއަން އައިޑޮލް 12 އިން ވަކިވީތަ؟


އިންޑިއާގެ ޒުވާން ހުނަރުވެރި ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަން ޖަޖްކަންވެސްކުރާ ނޭހާ ކައްކަރު އެ ޝޯއިން ނުފެންނަތާ މިހާރު ވަނީ 2 ހަފްތާވެފައެވެ. އިންޑިއަން އައިޑޮލް ގިނަ ފޭނުން ވަނީ ނެހާ އަށް ވީގޮތެއް ނޭގި ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އިންޑިއާގެ މީޑިއާތަކުން ކޯވިޑްގެ ބަލިމަޑުކަމާއި ހެދި އިންޑިއަން އައިޑޮލް މިހާރު ޝޫޓް ކުރަމުންދަނީ އިންޑިއާގެ ދަމަން ގައެވެ. އަދި ސީޒަންގެ 3 ޖަޖުން ކަމަށްވާ، ނޭހާ ކައްކަރު، ވިޝާލް ދަދްލާނީ އަދި ހިމޭޝް ރޭޝްމިޔާ ވެސް ވަނީ މިވަގުތު ޝޫޓިން ތަކަށް ދިއުން ހުއްޓާލާފައެވެ. ނޭހާ މިވަގުތު އުޅެނީ ފިރިމީހާ ރޯހަން ޕްރީތާއެކު އެމީހުންގެ ކައިވެންޏަށް 6 މަސް ފުރިގެން އެނިވަރސަރީ ފާހަގަކުރުމުގައި ބިޒީކޮށްކަމަށްވެސް މީޑިއާ ރިޕޯޓްްތައް ބުނެއެވެ.
.
މިދިޔަ ހަފްތާގައި ކުރީގެ ތިން ޖަޖުންގެ ބަދަލުގައި ޝޯއިން ފެނިގެން ގޮސްފައިވަނީ މިޔުޒިކް ކޮމްޕޯސަރ އަނޫ މާލިކާއި ޅެންވެރިޔާ މަނޯޖް މުންތަސިރެވެ. ޝޯގެ ހޯސްޓް އަދިތްޔާ ނާރަޔަން ވަނީ ކޯވިޑް ޖެހި ރަގަޅުވެގެން އަލުން އަބުރާ ޝޯ ހުށަހަޅާދޭން ފަށާފައެވެ. މުމްބާއިގައި ޝޫޓިންތަކަށް ހުއްދަ ދޭން ފަށަން ދެން ޝޫޓިންތައް ކުރިޔަށްދާނީ ދަމަންގައިކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ކަނޑައަޅާފައެވެ.

ޝޯގެ އެހެން ޖަޖެއްކަމަށްވާ މިޔުޒިކް ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީވެސް ވަނީ ޝޯއިން އޭނާ ނުފެންނަނީ ކީއްވެގެންކަން އިންސްޓަގްރާމްގައި ހާމަކޮށްފައެވެ. ވިޝާލް ބުނި ގޮތުގައި އެނާގެ މަންބަފައިން މިވަގުތު އޭނާއާއެކު ދިރިއުޅެމުންދާތީ އެމީހުންގެ ސިއްޙަތަށް ވިސްނާކަމާއި އެމީހުން ގެއްލުމެއްގެ ތެރެއަށް ނެރެން ބޭނުންނުވާކަމަށެވެ. އަދި އޭނާގެ ހާލު ރަގަޅުކަމުގައިވެސް ވިޝާލް ވަނީ ބުނެފައެވެ.

2004 ވަނަ އަހަރުން ފެށިގެން ސޮނީ ޓީވީ ދައްކަމުންދާ އިންޑިއަން އައިޑޮލް ޝޯ އަށް އާންމުންގެ ވަރަށްބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. މިހާރު ކުރިއަށްދާ މި ޝޯގެ 12 ވަނަ ސީޒަން ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ.