ކުޅިވަރު

ސިކްސަރސް އާއި ސްޕަރސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. ސިކްސަރސް މެޗު ކާމިޔާބުކުރީ 113 ޕޮއިންޓް 111 ޕޮއިންޓުންނެވެ.

މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 34 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާފައެވެ. އަދި ސްޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ.

މި މުބާރާތުގައި ފީނިކްސް ސަންސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކުރީ 123 ޕޮއިންޓް 120 ޕޮއިންޓުންނެވެ.
މިމެޗްގައި ސަންސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ 6 އެސިސްޓް ދިން ޑެވިން ބޫކަރއެވެ. އަދި ތަންޑަރއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާދިން ޑާރިއަސް ބެޒްލީއެވެ.

މީގެއިތުރުން މިލްވައުކީ ބަކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 49 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާފައެވެ. އަދި ނެޓްސްގެ ކެވިން ޑުރާންޓް ވަނީ 42 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިއުޔޯކް ނިކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 97 ޕޮއިންޓުން ނިކްސް ކާމިޔާބުކޮށްފައިވާއިރު ސެކްރެމެންޓޯ ކިންގްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ. މައޭމީ ހީޓް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 111 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ޓްރެއިލް ބްލޭޒަރސްއެވެ. އަދި ޓޮރޮންޓޯ ރެޕްޓަރސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ.