މުނިފޫހިފިލުވުން

"ބޭންގް ބޭންގް" ގެ ލަވަ "ތޫ މެރީ" ގައި ރިތިކް ކިތައް ބޫޓް ބަދަލުކުރިކަން އެގޭތަ؟

އިންޑިއާގައި ފުރަތަމަ ކޯވިޑްގެ ބަލިމަޑުކަން ފެތުރުނު ދުވަސްކޮޅު ފުރަންބަންދުގައިތިބެ ބޮލީވުޑްގެ ގިނަ ތަރިން ވަނީ އެމީހުންގެ ފޭނުންނަށް އެކި ގޮތްގޮތުން ގުޅުން ބަދަހިކޮށްފައެވެ. މިގޮތުން ކޮރިއޯގްރާފަރ ބޮސްކޯ މާރޓިސް އިންސްޓަގްރާމްގައި ޙިއްސާކޮށްފައި އިން ވީޑިއޯއެއްގެ ސަމާލުކަން ގިނަ ފޭނުން ވަނީ ހޯދާފައެވެ. މި ވީޑިއޯގައި ފެނިގެންދަނީ ރިތިކްގެ ލަވަ "ތޫ މެރީ" ގެ ތަންކޮޅަކަށް އޭނާ ޑާންސްކުރާ މަންޒަރެވެ.

މި ވީޑިއޯގެ ތިރީގައިވާ ލިޔުންކޮޅުގައި ބޮސްކޯ ބުނެފައިވަނީ "ކަހޯނާ ޕިޔާރު ހޭ' ގެ މަޝްހޫރު އެކްޓަރ ރިތިކް ރޯޝަނަކީ ޕާރފެކްޝަނިސްޓެއްކަމަށެވެ. ސިދާތް އާނަންދު ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ދެއްކި ފިލްމު "ބޭންގް ބޭންގް" ގެ މަޝްހޫރުވި ލަވަ "ތޫ މެރީ" ގައި ރިތިކް 12 ބޫޓެއް ބަދަލުކޮށްފައިވާކަމަށް ބޮސްކޯ ބުނެފައިވެއެވެ. މި ގޮތަށް ރިތިކް ކަންތައް ކުރީ އެނާ ނަށަން ހުރި ސްޓޭޖަކީ ވަރަށް އޮމާންތަނަކަށް ވުމުން އެތަނުގައި ނަށަން ޖެހޭތީ އޭނާގެ ހުށައެޅުން ވީހާވެސް ފުރިހަމަކުރުމަށް ކަމަށެވެ.

ރިތިކްގެ ފިލްމީ މަސައްކަތަށް ބަލާއިރު ރިތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕާޑުކޯންއާއި އެކު ފުރަތަމަ ފަހަރަށް އެއް ސްކްރީނަކުން ފެނިގެންދާ އެކްޝަން ތްރިލަރ ފިލްމު ''ފައިޓަރ'' ހިމެނެއެވެ. މީގެއިތުރުން "ކްރިޝް 4" ގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރިތިކް ބުނެފައިވެއެވެ. ފިލްމު "ކްރިޝް 4" ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

47 އަހަރުގެ ގެ ހުނަރުވެރި މި އެކްޓަރ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ބައްޕަ ރާކޭޝް ރޯޝަންގެ ލޯބީގެ ޑްރާމާ ފިލްމު "ކަހޯނާ ޕިޔާރު ހޭ" އިންނެވެ. އެންމެ ފަހުން ރިތިކް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ފިލްމު "ވޯ" އަދި "ސުޕަރ 30" ހިމެނެއެވެ.