ހދ.ކުޅުދުއްފުށިން އިތުރު 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް ލައިފިއެވެ.
ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތަށް ހުރެގެން އިއްޔެ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އެމީހާޔާ ގުޅުންހުރި އިތުރު ދެމީހުންކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އިތުރު 3 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން ކުޅުދުއްފުއްޓަށް އަރާއި ފޭބުން ވަނީ މަނާކޮށްފައެވެ. ޕޮޒިޓިވްވި ތިންމީހުންވެސް މިހާރު ވަނީ ހޯމް ކަރަންޓީންގައެވެ. ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އެމީހުންގެ އާއިލާގެ އިތުރުން މީހެކެވެ. އެއީ ޢުމުރުން 24 އަހަރާއި 35 އަދި 33 އަހަރުގެ މީހުންނެވެ.
ކުޅުދުއްފުށީގެ ޕްޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ރޭސިންގެ މަސައްކަތް ކުރަމުންދަކަމަށް ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.