ކުޅިވަރު

ވޮރިއަރސް އާއި ރޮކެޓްސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 113 ޕޮއިންޓް 87 ޕޮއިންޓުންނެވެ.

މި މެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 5 އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 6 އެސިސްޓް ދިން ކެވިން ޕޯޓަރ ޖޫނިއަރއެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ބޯޔާން ބޮގްޑަނޮވިޗްވަނީ އެޓީމަށް 34 ޕޮއިންޓް ހޯދައިދީފައެވެ. އަދި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 7 އެސިސްޓް ދިން ފްރެޑް ވެން ވްލީޓްއެވެ. މީގެއިތުރުން ޑެންވަރ ނަގެޓްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 30 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްގެ ޕޯލް ޖޯޖްވަނީ 20 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 124 ޕޮއިންޓުން މެވްރިކްސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސްއާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 152 ޕޮއިންޓް 95 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޕޭސަރސްއެވެ. ނިއުއޯލިއަންސް ޕެލިކަންސްއާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 140 ޕޮއިންޓް 136 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު އޯލަންޑޯ މެޖިކް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. މައޭމީ ހީޓް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 107 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. އަދި ޗާލޮޓް ހޯނެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 107 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ.