ޚަބަރު

ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް ކުށްވެރިކުރައްވައިފި


ފަރަންސޭސިވިލާތުގެ ޕެރިހުގެ އެކި
ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އެތައް ބަޔަކު މަރު، އެތައް ބަޔަކު
ޒަޚަމްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެކަން އެންމެ ހަރުކަށި އިބަރާތުން
ކުށްވެރިކުރައްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމިން މިކަން ކުށްވެރިކުރައްވާފައިވަނީ މިހަމަލާއާއި ގުޅިގެން، އެކަމުގެ
ހިތާމައިގައި ‏‏ފަރަންސޭސިވިލާތުގެ ރައީސް، ފްރަންސުއާ އުލާންދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ
ޔާމީން ‏‏ޢަބްދުލްޤައްޔޫމް ފޮނުއްވެވި ހަމްދަރުދީގެ މެސެޖުގައެވެ.



ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި
މެސެޖްގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ
ނަންފުޅުގައި، ‏‏ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ‏‏ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި
‏‏ވިދާޅުވެފައިވެއެވެ. އަދި، ޓެރަރިޒަމާ ދެކޮޅަށް ދުނިޔޭގައި ކުރަމުންދާ
މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް، ފަރަންސޭސިވިލާތާއި،
ބައިނަލްއަޤްވާމީ ޖަމާޢަތާއެކު މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް
ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.



މީގެއިތުރުން، ހިތާމައިގެ މި
ދަނޑިވަޅުގައި ފަރަންސޭސި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ
އިޚްލާސްތެރި ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މިޙާދިޘާގައި މަރުވި
ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ‏‏ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.‏