ރާއްޖޭގެ
އެކިކަންކޮޅުތަކުގައި މިސްކިތްތައް އިމާރާތްކުރުމުގެ 45 މަޝްރޫޢެއް
ހިންގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގައި ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަަށް ލަފާކުރާ
ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް
މިނިސްޓަރ އަބްދުﷲ ޖިޙާދު ވިދާޅުވީ، މި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ
އިސްލާމީ މަލަތައް ފުޅާކޮށް ފާޅުކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި
ކަންކޮޅުތަކުގައި މިސްކިތްތައް އިމާރާތްކުރުމުގެ 45 މަޝްރޫޢެއް ކުރިއަށް
ގެންދިއުމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި
ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރ އަބްދުﷲ
ޖިޙާދު ވިދާޅުވީ، ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމީންގެ ވައުދުތަކުގެ ތެރޭގައި
ހިމެނޭ އެންމެ ޚާއްސަ އެއްކަމަކީ
ރާއްޖޭގެ ދަރިންނަށް އިސްލާމީ ތައުލީމު ދިނުމަށްޓަކައި
ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމްކުރުން
ކަމަށެވެ. އެގޮތުން ރައިސުލްޖުމްޙޫރިއްޔާ މިހާރު އުފައްދަވާފައިވާ ޔުނިވަރސިޓީގެ މަޤްސަދުތަކަށް
މަގުފަހިކުރުމަށް ބެޖެޓުގައި އިސްކަންދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަަހަރަށް
ޤާއިމްކުރެވޭ އިސްލާމިކް ފައިނޭންސް ސެންޓަރުގެ ސަބަބުން އިސްލާމީ ޝަރީޢާގެ ސާފު
މަގުން މާލީ މުއާމަލާތުކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ލިބެނޭ ކަމަށްވެސް
ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.